Ooredoo
Ooredoo

47 ސުވާލަށް ރޯމަން ދިނީ ސަޅި ޖަވާބުތަކެއް!

މި އަހަރުގެ ރަމަޟާން މަހު ސަން އިން ގެނެސްދޭ "47 ކުއިޝަންސް"ގެ ދެވަނަ އެޕިސޯޑު ދައްކައިލައިފިއެވެ.

ADK GENERAl

މި އެޕިސޯޑުގައި ބައިވެރިވީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޒުވާން އެކްޓަރު މުހައްމަދު ވިޝާލް (ރޯމަން)އެވެ.

މި އެޕިސޯޑުގައި ރޯމަންގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ތަފާތު ސުވާލުތައް ކުރެވުނެވެ. އަދި އޭނާގެ ފިލްމީ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެވުނެވެ.

އެ ހުރިހާ ސުވާލަކަށް ވެސް ރޯމަން ހަމަޖެހިލައި އިނދެ ދިނީ ސަޅި ޖަވާބުތަކެކެވެ.

ފެށުނީއްސުރެ އެކްޓުކުރުމަށް ޝައުގުވެރިކަން ހުރި ރޯމަން އެންމެ ފުރަތަމަ ފިލްމީދާއިރާއަށް ނުކުތީ އެކްޓަރު މަލީހާ ވަހީދު (މަލް) އާއެކު ވީޑިއޯ ލަވައަކުންނެވެ.

އާންމުގެ މެދުގައި ރޯމަންއަށް ސަމާލުކަން ލިބުނީ ބައިސްކޯފުން ދެއްކި "އެހެނަސް" ސީރީޒުންނެވެ. އޭނާ އެ ސީރީޒްގައި ކުޅުނީ ތަފާތު ޗެލެންޖިން ރޯލެކެވެ.

މި އަހަރުގެ ރޯދަ މަހު ސަންއިން ގެނެސްދޭ "47 ކުއިޝަންސް" ޕްރޮގްރާމަކީ ފަންނާނުންނާ ގުޅޭ ތަފާތު މައުލޫމާތުތައް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10:00ގައި ސަންގެ ފޭސްބުކް ޕޭޖުން ފެންނާނެއެވެ.

Redstar
comment ކޮމެންޓް

comment ސުހާ

3 year 11 month ago

އެހާ އެހާ އެއް ނޫން މި އަސްލު، ވަރަށް ކޮޕީ އެއްޗެއް ހެން ހީވަނީ،

comment ރޯ މޭން

3 year 11 month ago

ކޮން ރޯމަނެއް ކިޔާކަށް އަމިއްލަ ނަންކިޔާބަލަ. ރޯމަު ޗޯމަނޭ ނުކިޔަ

comment މަރިޔަމް

3 year 11 month ago

ހާދަ މޮޔަ ސުވާލުތަކެއް ތިކުރީ. އެކަމަކުވާ ދޯ ދެން.