ސަމާލުވޭ! އިސްސަފުގައި އުޅޭ ޑޮކްޓަރުންގެ ފޯނު ހެކްކުރުމަށް މެސެޖް ފޮނުވަނީ

ފޯނު ހެކް ކުރަމަށް ފޮނުވަމުންދާ މެސެޖް

ކޮރޯނާވައިރަސް ރާއްޖެއިން ކޮންޓްރޯލް ކުރުމަށް އިސްސަފުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން އެބޭފުޅުންގެ ފޯނު ހެކް ކުރުމަށް ބަޔަކު މަސައްކަތް ކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ވަރަށް ފުޅާދާއިރާއެއްގައި ސައިބާ އެޓޭކްތަކެއް ދެމުން ގެންދާ ކަމަށެވެ. އެގޮތުން ވަޓްސްއަޕް މެދުވެރިކޮަށް، ދަންނަ މީހެއްގެ ނަމުގައި ކޯޑެއް މެސެޖްކޮށް ނުވަތަ ދަންނަ މީހެއްގެ ނަމުގައި ފޯން ކޮށްގެން ކޯޑު ހޯދުމަށްފަހު އެ މީހެއްގެ ފޯން ހެކް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ދަންނަ މީހުން ނަމުގައި ފޮނުވާ މި ކޯޑްތަކަކީ، ޑުޕްލިކޭޓް ކޮށްފައި ހުންނަ ޕްރޮފައިލް ތަކުން ފޮނުވާ ސައިބާ އެޓޭކްތަކެއް. އެއްވެސް ބޭފުޅެއްގެ ފޯނަށް ޝައްކުވާ ޒާތުގެ ލިންކެއް މެސެޖްކޮށްފައިވާނަމަ، ލިންކް ނުހުޅުވާ،" ފުލުހުން އިލްތިމާސް ކުރެއްވިއެވެ.

ފުލުހުން ބުނީ، ދަންނަ މީހެއްގެ ނަންމްބަރުންވެސް އެގޮތަށް އަންނަ އެއްވެސް ކޯޑެއް އެއްވެސް މީހަކަށް ނުފޮނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް