ރޯދަ ސުންބުލި: ދީނީ ނަޒަރަކުން ރޯދަހާއި މުނިފޫހިފިލުވުން

ރޯދަމަހުގެ ދުވާލުވެއްޖިއްޔާ ނިދާފައެވެ. ލޯހުޅުވި ދުނިޔޭގެ އަލިކަމެއް ފެންނަނީ އަސްރަށް ގޮވާފަހުންނެވެ. ދެން ފެންވަރައިން ނުކުމެ، މަޣްރިބަށް ގޮވާއިރު ކާމެޒުދޮށުގައި އިށީދެވެނީ ކިރިޔާއެވެ. އެއަށްފަހު އޮންނަނީ އަރާމުކުރުމެވެ. ތާސްކުޅުމާއި، ޓީވީ ބެލުމާއި ފިލްމު ބެލުމެވެ. ރޯދަމަހަކީ އެހެނިހެން މަސްތަކަށްވުރެ ބޮޑަށް އަޅުކަމަށް ފަރުވާތެރިވާންވީ ދުވަސްވަރުކަމަށްވާއިރު، ގިނަބަޔަކަށް ފަރުވާކުޑަކުރެވި، އުފަލާއި ސަކަރާތުގައި މި ދުވަސްތައް ނަގާލެވޭ ކަމަކީ ހިތާމަހުރިކަމެކެވެ.

މިއަދުގެ ރޯދަ ސުންބުލީގައި އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އަލިއަޅުވާލަނީ ރޯދައަށް ހުރެ މުނިފޫހިފިލުވުމާއި ބެހޭގޮތުންނެވެ. އަޅުކަމާއި ދުނިޔެވީ ކަންކަމުގައި ގެންގުޅެންޖެހޭ ހެޔޮ ބެލެންސްގެ މައްޗަށެވެ.

ސ: ރޯދައަށްހުރެ މުނިފޫހިފިލުވުމަކީ ކޮންކަހަލަ ކަމެއް؟

ޖ: ރޯދަމަހު މުނިފޫހިފިލުވުމަކީ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ސަގާފަތުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އެހެންނަމަވެސް ރޯދަމަހަކީ ވަރަށް މާތް އަޅުކަމެއްގެ ގޮތުގައި އައިސްފައިވާ ކަމެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. މުނިފޫހިފިލުވުމަކީ އޭގެ ޒާުތުގައި ގޯސްކަމެއް ނޫނެވެ. އެހެންނަމަވެސް މުނިފޫހިފިލުވާއި ގޮތާއ،ި ކުރާ ކަންކަމަކީ ރޯދައިގެ ފުރިހަމަ ސަވާބާއި ރޯދަ ސައްޚަވުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.

އެހެންކަމުން މުނިފޫހިފިލުވުމުގެ ގޮތުން ކުރާ ކަންކަމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމުގައި ވާންޖެހޭނެއެވެ. އަދި މުނިފޫހިފިލުވުމަށް ހޭދަކުރާ ވަގުތަކީ ރޯދައިގެ މާތްކަމަށް ހުރަސްއެޅޭ، އެހާ ގިނަވަގުތު ކުރާ ކަމަކަށްވެގެން ނުވާނެއެވެ. މިސާލެއްގެ ގޮތުގައި ބުނާނަމަ ރޯދަމަހު ދުވާލު ހަތަރުދަމު ކުޅިވަރުގައި އުޅެގެން ނުވާނެއެވެ. ރޯދަމަހުގައި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމާއި ފަރުޟު ފަސް ނަމާދު އަދާކޮށް ހެޔޮ އަމަލުތައް ގިނަކުރުމަށް އިސްކަންދޭން ވާނެއެވެ.

މިކަންކަމާއިއެކު، ހުއްދަ ގޮތުގައި މުނިފޫހިފިލުވުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.

comment ކޮމެންޓް