މިދިޔަ ހަފްތާގައި ވެސް ނުރައްކާތެރި ރޭވުމެއް ވަނީ ހުއްޓުވާފައި: އިމްރާން

ހޯމް މިނިސްޓަރު އިމްްރާން އަބްދުﷲ -- ސަން ފައިލް ފޮޓޯ

ވަރަށް ނުރައްކާތެރި ކަމަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔަކު ދިވެހި ފުލުހުން މިދިޔަ ހަފްތާގައި ހުއްޓުވާފައިިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ވަކިން ހާއްސަކޮށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ގައުމުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާއަށް ހިމާޔަތް ކުރުމަށް މަސައްކަތްކޮށް، ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދެމުންް އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ގާތުން ކަންކަން ބަލަމުން ގޮސް، މިދިޔަ ހަފްތާގައި ވެސް ވަރަށް ނުރައްކާތެރި ކަންކަމާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ ބައެއް، ދިވެހި ފުލުހުން ވަނީ ހުއްޓުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. މިނިސްޓަރު ވިދާޅުވީ ބައެއް ކަހަލަ މައުލޫމާތަކީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ހުރަސް އެޅިދާނެ މައުލޫމާތު ކަމަށްވާތީ ހާމަނުކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓަރު ކުރެއްވި "އިޝާރާތް" ރައްޔިތުންނަށާއި، މުއައްސަސާތަކަށާއި އަދި މިފަދަ ކަންކަމާ އެންގޭޖުވެގެން އުޅޭ ފަރާތްތަކަށް އެނގޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

""އިތުރަށް ސަމާލުކަން ދީގެން، ކަންކަން އިތުރަށް ބަލަމުންް ގެންދާއިރު، ،ވަކި ވަކި ފަރުދުން މިފަދަ ކަންކަމާ ދޭތެރޭގައި ވިސްނާ، މަޝްވަރާކޮށް ވާހަކަ ދައްކާ، މިފަދަ ކަންކަމަކީ މި މުއައްސަސާތަކަށް އެނގެމުންދާ ކަންކަން. އެނގޭ ހުރިހާ ކަންކަމަކީ އަދި އަޅުގަނޑުމެން ކުއްލިއަކަށް އެބަޔަކާ މެދުގައި ފިޔަވަޅު ނާޅާ ހިނގައިދާނެ. އެނގިވަޑައިގަންނަވާނެ ވަކި ކަހަލަ އުސޫލުތަކެއް، ހަމަތަކެއް، ގާނޫނުތަކެއް އެބަހުރޭ ފިޔަވަޅު އެޅުމުގައި. ފިޔަވަޅު އަޅާ ހަމައަށް ދިޔައީމަ ފިޔަވަޅު އަޅަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގައި ގައުމު ހަލަބޮލި ކުރުމުގެ ވިސްނުމުގައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ދީނީ ހަރުކަށި ވިސްނުމުގެ ތެރެއިން ވެސް ބައެއް ފަރާތްތަކުން މި ވަގުތުގެ ނާޖާއިޒް ފައިދާ ނަގައި، ރައްޔިތުންނަށް ބިރުވެރިކަމާ ނާމާންކަން ގެނައުމަށްޓަކައިި ބައެއް ކަހަލަ ކަންކަން ކުރާކަން އެނގޭ ކަމަށެވެ.

"އެފަދަ ފަރާތްތަކަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ މި ބިރުވެރި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އަމާންކަމާ ރައްކާތެރިކަމަށް ލޮޅުން އަރާފަދަ ކަމެއް ކުރުމަަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އދ. މަހިބަދޫ ބަނދުރުތެރޭގައި ހުރި ލޯންޗުތަކެއްގައި ރޯކޮށްލާފައި ވާއިިރު، މާޗު މަހުގެ 22 ވަނަ ދުވަހު ލ އަތޮޅުގައި ޕޮލިސް ލޯންޗެއްގައި ވަނީ ރޯކޮށްލާފައެވެ.

comment ކޮމެންޓް