ބަޣާވާތް ރޭވި އެމެރިކާގެ މީހާގެ ވީޑިއޯއެއް ވެނެޒުއޭލާއިން އާންމުކޮށްފި

ވެނެޒުއޭލާއިން ހައްޔަރުކުރި އެމެރިކާގެ ދެމީހުންގެ އައިޑީތަކެއް--

ވެނެޒުއޭލާގައި ވެރިކަން ކުރަމުންދާ ނިކޮލޮސް މަދޫރޯގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން އުޅެނިކޮށް ހައްޔަރުކުރި އެމެރިކާގެ ރައްޔިތެއްގެ ވީޑިއޯ ވެނެޒުއޭލާއިން އާންމުކޮށްފިއެެވ.

އެ ވީޑިއޯގައި އެމެރިކާާގެ މީހަކު ކުށަށް އިއުތިރާފްވާ މަންޒަރު ދައްކައެވެ. އެއީ ލޫކް ޑެންމަން ކިޔާ މީހެކެވެ. ވެެނެޒުއޭލާއިން ވަނީ ބަޣާވާތާ ގުޅޭ އެމެރިކާގެ އިތުރު ރައްޔިތެއްވެސް ހައްޔަރުކޮށްފައެވެ.

އެ މީހުން ހިމެނޭގޮތަށް ބަޣާވާތުގެ ތުހުމަތުގައި 13 މީހަކު ވެނެޒުއޭލާއިން ވަނީ ހައްޔަރުކޮށްފައެވެ.

ވެނެޒުއޭލާގެ ރައީސް ވިދާޅުވީ މިއީ ސީދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރޭވުމެއް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނީ އެގައުުމުގެ އަތެއް އެކަމުގައި ނެތް ކަމަށެވެ.

އެމެރިކާާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވީ ވެނެޒުއޭލާއިން ހައްޔަރުކުރި އެމެރިކާގެ ރައްޔިތުން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ގައުމަށް އަނބުރާ ގެންނާނެ ކަމަށެވެ.

ވީޑިއޯގައި ޑެންމަން ބުނީ އޭނާއާ އެ މަސައްކަތް ހަވާލުކުރީ އެމެރިކާގެ އަސްކަރިއްޔާގައި ކުރިން އުޅުނު ޖޯޑަން ގޯދުރިއޯ ކިޔާ މިހެއް ކަމަށެވެ. ޖޯޑަން މިހާރުވެސް ފްލޮރިޑާގައި ދަނީ "ސިލްވަކޯޕް" ނަމަކަށް ކިޔާ އަސްކަރީ އޮޕަރޭޝަންތަކާާ ގުޅޭ ވިޔަފާރިއެއް ހިންގަމުންނެވެ.

ވެެނެޒުއޭލާގެ ރައީސް މަދޫރޯ ވިދާޅުވީ، އެގައުމުގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯއާއެކު ސިލްވަކޯޕްއިން އެއްބަސްވުމެއް އެކުލަވާލައިފައިވާ ކަމަށެވެ. ސިލްވަކޯޕް ހިންގާ ޖޯޑަންވެސް މީގެ ކުރިން ބުނީ އެ ކުންފުންޏ ގުއައިޑޯއާ ގުޅުން އޮންނަ ކަމަށެވެ. ނަމަވެސް ގުއައިޑޯ ވިދާޅުވީ ބަޣާވާތުގެ އޮޕަރޭޝަނާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.

ވެނެޒުއޭލާއިން އެ ބަޣާވާތުގެ އޮޕަރޭޝަން ނާކާމިޔާބު ކޮށްލިއިރު، އެ އޮޕަރޭޝަންގައި އަށް މީހަކު ވަނީ މަރާލައިފއެވެ.

ބަޣާވާތް ކުރަން އުޅުނު ޓެރަރިސްޓު ކުލީ ސިފައިން" ހިމެނޭ ގުރޫޕަކުން ކަނޑުމަގުން އެގައުމަށް އަރަން ދަތުރު ފެށީ އަވަށްޓެރި ކޮލޮމްބިއާއިންނެވެ. އަދި އާދިއްތަ ދުވަހު އެމީހުން އެގައުމުގެ ރަށަކަށް ފޭބި ނަމަވެސް ވެނަޒުއޭލާގެ ސިފައިން ވަނީ އެމީހުން ހައްޔަރުކޮށްފަ އެވެ.

ބީބީސީ

comment ކޮމެންޓް