ކަނަމަދުން ޕުޑިންވެސް އެޅޭނެ، ނިކަން މީރޭ!

ކަނަމަދު މިއީ މިފަހަކަށްއައިސް ތަފާތުއެކި ބާވަތްތަކުގެ ފޮނިކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންކުރެވޭ މުހިންމު އިންގްރިޑިއަންޓެކެވެ. ރާއްޖެއިން ވެސް ލިބޭ އެއްޗަކަށް ކަނަމަދު ވާއިރު "ސަން ބަދި" ގޭގެ މިއަދުގެ ރެސިޕީ ގެނެސްދެނީ، މިދިޔަ އަހަރުވެސް އަހަރެމެންނާ އެކީ ބައިވެރިވި އާމިނަތު ނަހުދާ މައުރޫފް (ނަހޫ) އެވެ.

ނަހޫ'ސް ގެ ނަމުގެ އޭނާ ހިންގަމުން އަންނަ އިންސްޓަގްރާމްގެ ފީޑު ފުރިފައިވަނީ ހީނާއެޅުމާއި، ބޭކް ކުރުމުގެ އިތުރަށް ކެއްކުމުގެ އެކި ފޮޓޯއާއި ވީޑިއޯތަކުންނެވެ. މިގޮތުން މިއަދު އޭނާ ތައްޔަރުކޮށްދެނީ "ކަނަމަދު ޕުޑިން" އެވެ.

ބޭނުންވާ ތަކެތި

  • 7 ބިސް
  • 1 ދަޅު ގެރިކިރު
  • 1 ސައިސަމްސާ ވެނީލާ އެސެންސް
  • 1/2 ޖޯޑު ފެން
  • 3 މޭޒުމަތީ ސަމްސާ ހަކުރު
  • 1/4 ޖޯޑު ކަނަމަދު (ކުދިކޮށްފައި)

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ބިހާއި ފެން އަދި ގެރިކިރު ރަނގަޅަށް ގިރައި މިކްސްކޮށްލާށެވެ.އެއަށްފަހު ވެނީލާ އެސެންސްއާޢި ކުދިކޮށްފައި ހުރި ކަނަމަދު ކޮޅު އަޅާ އަނެއްކާވެސް އެއްކޮށްލާށެވެ. އެއަށްފަހު ހަކުރުކޮޅު ތެއްޔަކަށްއަޅައި ކެރެމަލްކޮށްލާށެވެ. ބޭނުންވާ މުށިކުލައައުމުން އުނދުން ނިއްވާލާ ބޭކިން ޓްރޭއަކަށް އަޅާލާށެވެ. އަދި އޭގެ މައްޗަށް ކަނަމަދު ޕުޑިން މިކްސް އަޅާ ފިހެލާށެވެ. ފިހުމަށްޓަކައި އަވަން ޕްރީހީޓް ކުރުމަށްފަހު 35 މިނިޓާއި 40 މިނިޓް ވަންދެން ފިހެލާށެވެ.

comment ކޮމެންޓް