މިރޭ މެންދަމު މަގުމައްޗަށް ވެއްޓި ހަބަރު ހުސްވެފައި އޮތް އަންހެނަކު، ފުލުހުން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ، މިރޭ 3:30 ހާއިރު މާލޭ މަގެއްގެ މައްޗަށް 18 އަހަރުގެ އަންހެނެއް ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެއާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް އެމްބިއުލައިންސް ބިޒީ ވުމުގެ ސަބަބުން، ފުލުހުންގެ ވެހިކަލްގައި އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ 4:08ހާއިރު ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތް ނަމަވެސް، 4:31ހާއިރު ހޭ އަރާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.