ވެލިދޫ ގެއަކުން ހަނޑޫ ބަސްތާތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

ނ. ވެލިދޫ

ނ. ވެލިދޫ ގެއެއްގެ ގުދަނެއްގައި ރައްކާކޮށްފައި ހުރި ހަނޑޫ ބަސްތާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ގޭގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު 03:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މިހާރު އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކާ 32 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ވަގަށް ނެގި ތިން ބަސްތާ ހަނޑުލުގެ ތެރެއިން އެއް ބަސްތާ ހަނޑޫ 100 ރުފިޔާއަށް މީހަކަށް ވިއްކާފައި ވަނިކޮށް އަދި އަނެއް ބަސްތާ އެތަނުން އެކަކު ދިރިއުޅޭ ގޭގައި ފޮރުވާފައި ހުއްޓާ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް