އުތުރުގެ ރަށްތަކެއް ލޮކްޑައުންކޮށްފި

ހދ. ވައިކަރަދޫ ---

ކޮރޯނާ އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ދަތުރުކުރި ބޯޓެއް އުތުރުގެ ބައެއް ރަށްރަށަށް ޖައްސާފައިވާތީ، އެ ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

އެގޮތުން ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ވައިކަރަދޫ މިވަގުތު މޮނީޓަރިންގެ ހާލަތަށް ވަނީ ގެންގޮސްފައެވެ.

މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު ހއ. އުލިގަމުގައި ބައްޔަށް ޝައްކު ކުރެވޭ މީހަކު ހުރުމުން އެ ރަށްވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.

އެނގިފައިވާގޮތުގައި މިމަހުގެ 15 ވަނަ ދުވަހު މާލެ ލޮކްޑައުން ކުރުމުގެ ކުރިން އުތުރުގެ ރަށްތަކަށް ދަތުރުކުރާ ބޯޓަކުން ދަތުރުކުރި މީހެއްގެ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ވަނީ ފެނިފައެވެ.

މި ބޯޓު މި ހއ. އަދި ހދ. ގެ ބައެއް ރަށްރަަށަށް ޖައްސާފައިވާކަމަށް އެނގިފައިވެ އެވެ.

ލޮކްޑައުން ކޮށްފައިވާ ރަށްރަށަށް އެޗްޕީއޭގެ ހުއްދަނެތި މީހުން އެރުމާއި އެ ރަށްރަށުން މީހުން ފޭބުން މަނާވާނެ އެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ވަނީ ކޮވިޑްގެ ކޭހެއް ފެނިފަ އެވެ. އެއާއެކު މާލެ ލޮކްޑައުން 14 ދުވަހުގެ ކާފިއު އިއުލާނުކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހުގެެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުގައި 14 ދުވަހުގެ ލޮކްޑައުން އިއުލާނުކޮށްފައިވާއިރު މާލެއިން މިހާތަނަށް 15 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

comment ކޮމެންޓް