އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ ހަތަރުވަނަ ނަސީބު ވެރިޔާ ހޮވައިފި

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރު އަދި ކަލާ ބޭންކްއިން ގުޅިގެން މިއަހަރުގެ ރޯދަ ޕްމޯސަން "އެންމެންގެ ރޯދަ ސޭލް" ގެ ހަތަރުވަނަ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

ހަތަރުވަނަ 20،000 ރުފިޔާ ލިބޭ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އައިޝަތް ޝިފާނާ، ހ. މޫންބީމް އެވެ. މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އަދި ކަލާ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން ގުރުއަތުން ދިމާވާ ނަސީބު ވެރި ފަރާތަކަށް ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާ ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، 300 ރުފިޔާއިން މަތިން ވިޔަފާރިކޮށްގެން ފަސޭހަކަމާއިއެކީ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ކަސްޓަމަރުންނަށް ހުޅުވާލެވިފަ އެވެ. މާޗް 1، 2020 އިން 30 އޭޕްރިލް 2020 ގެ ނިޔަލަށް ކުރިޔަށްދާ މިޕްރޮމޯޝަންގައި ކަލާ ބޭކްއިންގެ އާ ފިހާރަ، ކަލާ ބޭންކް ހޯމް ވެސް ހިމެނެ އެވެ. މި ފިހާރަޔަކީ ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ފިހާރައެކެވެ.

ރޯދަޔަށް ހާއްސަކޮށް އޭސް ހާޑްވެއާއިން ވިއްކާ ގިނަ އަދަދެއްގެ ސާމާނުން 90 ޕަސެންޓާ ހަމައަށް ވަނީ ޑިސްކައުންޓް ދީފަ އެވެ. މިޕްރޮމޯޝަން ސޯސަލްމީޑިޔާގައި ވެސް ކުރިޔަށްދާނެ އެވެ.

މީގެ ތެރެއިން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ވަރަށް ހާއްސަ ކޮންޓެސްޓްތަކެއް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަނުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމް ތަކެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ. އަދި ކަލާ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިނގާ ކޮންޓެސްޓް ކާމިޔާބު ކުރާ ފަރާތަކަށް ވެސް އަގުހުރި އިނާމް ތަކެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާ ރާއްޖޭގައި ހުޅުވާފައި ވަނީ، މީގެ ހަތް އަހަރު ކުރިން، ޑިސެމްބަރު 15، 2011ގަ އެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރިއެކެވެ. މި އެއްބަސްވުމަށްފަހު އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ 20 ޑިސެމްބަރު 2011 ގައެވެ. އަދި 19 ޑިސެމްބަރު 2013 ގައި ދެވަނަ ފިހާރައެއްވެސް ވަނީ ހުޅުވާފަ އެވެ.

ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަލާ ބޭންކް އިފްތިތާހުކޮށްފައިވަނީ 1994 ވަނަ އަހަރު އެވެ. ކަލާ ބޭންކް އިން އެއްގަމު އުޅަނދުތަކުގައި ލުމަށް ހާއްސަ އެކްޒޮނޯބެލްގެ ސިކެންސް، މަތިންދާ ބޯޓްތަކަށް އެކްޒޮނޯބެލްގެ އެއިރޯސްޕޭސް ކޯޓިން، ކަނޑު އުޅަނދު ތަކަށް ޖޯޓުން މެރީން، އަދި ގޭތެރެއަށާއި އިމާރާތް ތަކުގައި ލުމަށް ހާއްސަ ޖޯޓުން ޑެކެރޭޓިވް ޕެއިންޓްސް އަދި ކްރައުން ޕެއިންޓްސް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް