ދައުލަތުގެ އޮފީސްތަކުގެ ރޯދަ އިނާޔަތް މިމަހުގެ 20 ގެ ކުރިން ދޭން ޖެހޭނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަހަރުވެސް ރޯދަ އިނާޔަތުގެ ގޮތުގައ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
އެއްވަޒީފާއަށް ވުރެ ގިނަ ވަޒީފާތައް އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި ހަމައެކަނި އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހުން އެ އިނާޔަތްދިނުމަށްވެސް ވަނީ ބަޔާނުގައި ބުނެފައެވެ.
އިނާޔަތް ދިނުމަށްފަހު ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް މުވައްޒަފަކު ވަކިވެއްޖެނަމަ ވަޒީފާ އަދާކުރި ދުވަސްތަކަށް ޖެހޭ ފައިސާ ފިޔަވައި ދެން ހުރި ފައިސާ ހޯދަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި އަލަށް ވަޒީފާ އަދާކުރާ މުވައްޒަފުންވެސް އެ މުވައްޒަފުން ވަޒީފާ އަދާކުރަން ފަށާތާ ހަތް ދުވަސް ތެރޭ ރޯދަ އިނާޔަތް ދޭން ޖެހޭނެކަމަށް ބުނެފައިވެއެވެ.
ރޯދަ މަސް ފެށޭއިރު ޕޭލީވް ލިބޭ ގޮތަށް އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް މިފަހަރު ރޯދަ އިނާޔަތް ނުދޭން ވަނީ ނިންމައިފައެވެ.