ޕާރުސަލް ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެނެސްފި

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅިގެން ހުޅުވާފައިވާ ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ޕާރުސަލު ފޮނުވުމުގެ ވަގުތަށް ބަދަލުތަކެއް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެކުރީން ބުނެފައިވަނީ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެއިން ކަމަށާއި ކޮންމެ ދުވަހުކު ވެސް ތަކެތި ފޮނުވޭނެ ކަމަށެވެ.

އެގޮތުން ހޮނިހިރު އިން ބުރާސްފަތި ދުވައަށް ޕާރުސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ފެށިގެން 11:00 އާ ހަމައަށެވެ. ހަވީރު 16:00 އިން ފެށިގެން 18:00 އަށް ވެސް ޕާރުސަލް ބަލައިގަންނާނެއެވެ. ހުކުރު ދުވަހު ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރު އެކަންޏެވެ. އެއީ ހަތަރަކުން ހައެއް ޖަހަންދެކަށެވެ.

މާދަމާއިން ފެށިގެން އަމަލުކުރާ ކާފިއުގެ ވަގުތަކަށް ރިއާޔަތްކޮށް މިހާރު ތަކެތި ބަލައިގަންނަ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިހާރު ތަކެތި ބަލައިގަންނާނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގައި ކަމަށެވެ. އަދި އެތަކެތި ބަލައިގަންނާނީ ހެނދުނު 09:00 އިން ފެށިގެން 11:00 އަށެވެ. މެންދުރުފަހު ތަކެތި ބަލައިގަންނާނީ 14:00 އިން ފެށިގެން 16:00 އަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކަރަންޓީން ފެސިލިޓީތަކަށް އެއްޗިހި ފޮނުވުމުގައި ފަސޭހައިން ގެންދެވޭނެ ގޮތަކަށް ރަނގަޅަށް ޕެކްކޮށްފައި ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އަދި ކަރަންޓީން ތަކެތި އެހެން ފަރާތްތަކަށް ނުފޮނުވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް