ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރު ހަސަން ހުސެން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަހުން އަވަހާރަވެފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (އޭޕްރިލް 1): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރު ހަސަން ހުސެއިން އަވަހާރަވެއްޖެ އެވެ.

ހުސެއިންގެ އާއިލާއިން ބުނި ގޮތުގައި އޭނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަދި ސޯމާލިއާގެ ނޫހަކުން ވަނީ އޭނާއަށް ފަރުވާ ދީފައި ވަނީ ކިންގްސް ކޮލެޖް ލަންޑަން ހޮސްޕިޓަލުން ކަމަށާއި އޭނާ ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާ ތެރޭ ކަމަށް ރިޕޯޓުކޮށްފަ އެވެ.

އުމުރުން 83 އަހަރުގެ ހުސެއިން ސޯމާލިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2007އިން 2009އަށެވެ.

ސޯމާލިއާއިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ފަސް މީހެކެވެ. އެއާ އަޅާ ބަލާއިރު އިނގިރޭސިވިލާތުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 25,504އަށް އަރާފަ އެވެ. އަދި އެ ވައިރަސް ހުރި 1,793 މީހަކު ވަނީ އެގައުމުން މަރުވެފަ އެވެ.

comment ކޮމެންޓް