ސޯމާލިއާ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި

ލެއްގި ސޯމާލިއާ މީހުން ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީ އާ ހަވާލުކޮށްފި --- ފޮޓޯ/ ފުލުހުން

މިދިޔަ ހޮނިހިރު ދުވަހު ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ، ވަވައްޗަށް ލެއްގި ސޯމާލިޔާ ތިން މީހުން ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވަވައްޗަށް ލެއްގި ސޯމާލިއާ ތިން މީހުންނަށް ތިބީ އެ އަތޮޅު ހުޅުދޫން ވަގުތީ ބޯހިޔާވަހިކަން ދީފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ވަވައްޗަށް ލެއްގި ސޯމާލިއާ ތިން މީހުން ވެސް ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންސްގެ ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން ރާއްޖެ އާދެވުނު ބައެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

https://sun.mv/193483

އެ މީހުންނާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ނަމަވެސް، ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ފެނުމަށް އެއީ ތިން ފިރިހެނުންނެވެ. އަދި، އެ މީހުން ވަވައްޗަށް ލެއްގިއިރު ވެސް އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފޮޓޯތަކުން ފެނެއެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ސޯމާލިއާ މީހުން ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ވެސް ގެންގުޅުނެވެ. ފަހުން، އެ މީހުން ވަނީ ގައުމަށް ފޮނުވާލާފައެވެ.

comment ކޮމެންޓް