އޭސް ހާޑްވެއާ، ކަލަ ބޭންކް ރޯދަ ސޭލް: 20000 ރުފިޔާގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފި

ނަސީބުވެރިޔާއާ ފައިސާގެ އިނާމު ހަވާލު ކުރަނީ --- ފޮޓޯ/ ކޯ-ލޯޑް މޯލްޑިވްސް

ރޯދަ މަހަށް ހާއްސަކޮށް އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރު އަދި ކަލާ ބޭންކް ގުޅިގެން ކުރިއަށްގެންދާ އެންމެންގެ ރޯދަ ސޭލްގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.

އޭސް އަދި ކަލާބޭންކުގެ ރޯދަ ޕްރޮމޯޝަނުގައި ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއެވެ. ދެވަނަ ހަފްތާގެ ގުރުއަތުން ހޮވުނު އައިމިނަތު ފަޒުނާއަށް އޭސް އިން މިހާރު ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

އޭސް ހާޑްވެއާ އަދި ކަލަބޭންކް ގެ ފިހާރަތަކުން 300 ރުފިޔާއިން މަތީގެ ވިޔަފާރި ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިޔަށްދާ މިޕްރޮމޯޝަނުގެ ދަށުން ރޯދަ އަށް ހާއްސަކޮށް ގިނަ އަދަދެއްގެ ސާމާނުގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އޭސް އަދި ކަލަ ބޭންކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ކުރިއަށްދާ ކޮންޓެސްޓު ކާމިޔާބު ކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭއިރު، ކަލާ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިންގާ ކޮންޓެސްޓް ކާމިޔާބު ކުރާ ފަރާތަކަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވި 2011 ވަނަ އަހަރު، އެމެރިކާގެ ޝިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯ ލޯޑް މޯލްޑިވްސް ގުޅިގެންނެވެ.

comment ކޮމެންޓް