ބޮޑެތި ޑިސްކައުންޓްތަކަކާ އެކު އެސްޓީއޯގެ ރޯދަސޭލް ފަށައިފި

ބޮޑެތި ޑިސްކައުންޓްތަކަކާއި އެކު އެސްޓީއޯގެ ރޯދާސޭލް ފަށައިފި --- ފޮޓޯ/ އެސްޓީއޯ

ރޯދަ މަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރު ވެސް ބޮޑެތި ޑިސްކައުންޓްތަކާއެކު ފަށައިފިއެވެ.

އެސްޓީއޯގެ ރޯދަ ސޭލް ޕްރޮމޯޝަން ފަށާފައި ވަނީ މިއަދުއެވެ. މި ސޭލް އަންނަ މާޗްމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ސޭލް ފައްޓަވައި ދެއްވީ ޑިރެކްޓާ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ.

ބޮޑެތި ޑިސްކައުންޓްތަކަކާއި އެކު އެސްޓީއޯގެ ރޯދާސޭލް ފަށައިފި --- ފޮޓޯ/ އެސްޓީއޯ

މި ޕްރޯމަޝަންގައި 500 ރުފިޔާގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއްލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ޕްރޮމޯޝަންގައި އެންމެ ހާއްސަ ކަމަކީ އެސްޓީއޯއާއެކު ނިޕޯން ޕެއިންޓުން މި ޕްރޮމޯޝަންގައި ބައިވެރި ވުން ކަމަށެވެ.

އެހެންކަމުން މިއަހަރުގެ ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓާއި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބޭނެކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

ޑިސްކައުންޓުތަކުގެ ތެރޭގައި:

  • ނިޕޯން ޕެއިންޓް އިން 20 ޕަސަންޓު ޑިސްކައުންޓު
  • މަކިޓާގެ ޕްރޮޑަކްޓްތަކުން 50 ޕަސަންޓު ޑިސްކައުންޓް

ބޮޑެތި ޑިސްކައުންޓްތަކަކާއި އެކު އެސްޓީއޯގެ ރޯދާސޭލް ފަށައިފި --- ފޮޓޯ/ އެސްޓީއޯ

ރޯދަމަށް ކުރިއަށްގެންދާ މި ސޭލްގެ ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މިސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއާގެ އައުޓްލެޓް ތަކުގައި ކަމަށެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް