ހަތްވަނަ ފްލޯއިން ވެއްޓުނު ބިދޭސީއަކަށް ފަރުވާ ދެނީ

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މައްޗަންގޮޅީގައި ހަދަމުންދިޔަ އިމާރާތެއްގެ ހަތް ވަނަ ފްލޯއިން ވެއްޓުނު ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ކޮފީ ކޯނާ ކައިރީގައި އަޅަމުންދާ އިމާރާތެއްގައެވެ. ބިދޭސީ މީހާ ވެއްޓުނީ އެ އިމާރާތުގެ ލިފްޓު ގޮޅިންނެވެ.

މިއަދު ހަވީރު ހިނގި އެ ހާދިސާގެ ރިޕޯޓު 18:19 ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކެމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައި ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިމާރާތް ކުރާ ފަރާތްތަކުން ސަލަމާތީ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް