އެމްޓީސީސީއިން ގަންނަ އިންޖީނުތަކަށް ފައިސާ ދެއްކުން ތިން މަހަށް ފަސްކޮށްދީފި

އެމްޓީސީސީން ވިއްކާ ޔަންމާ އިންޖީނުތަކެއް -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ޔަންމާ އަދި ސުޒުކީ އިންޖީނު އިންސްޓޯލްމަންޓަށް ގަނެފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ ތިން މަސް ދުވަހަށް ފަސްކޮށްދީފިއެވެ.

އެމްޓީސީސީން ބުނީ މިއީ ކޮވިޑް19އާ ގުޅިގެން އޮޑިވެރިންނާއި މަސްވެރިންގެ މަސައްކަތަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

އިންސްޓޯލްމަންޓަށް ނަގާފައިވާ އިންޖީނުތަކަށް ދައްކާ ފައިސާ ތިން މަހަށް ފަސްކޮށްދިނުމުގެ އިތުރުން މު މުއްދަތަށް ކަނޑައަޅާފައިވާ ފައިނޭންސް ކޯސްޓު ވެސް މައާފުކޮށްދޭން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އަލަށް ގެނައި މި ބަދަލާއެކު ޕޭމަންޓް ޝެޑިއުލްއަށް އައި ބަދަލުތައް ކޮންމެ ކަސްޓަމަރަށް ވެސް އެމްޓީސީސީން ހިއްސާކުރާނެ އެވެ.

comment ކޮމެންޓް