އިންޑިއާގައި ހިނގި ރޭޕް ކޭސްއަކަށް ޝާހްރުކް ފިލްމެއް ހަދަނީ

ޝާހްރުކް ޙާން....

ބޮލީވުޑްގެ ރީތި ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދި ކުޅަދާނަ އެކްޓަރު ޝާހްރުކް ހާން، އިންޑިއާގައި ހިންގާފައިވާ ބޮޑު ރޭޕްގެ ހާދިސާއެއްގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފިއެވެ.

ހަބަރުތައް ބުނާގޮތުގައި އެ ފިލްމު ހަދަނީ ބިހާރު ސްޓޭޓްގެ މުޒައްފަރުޕޫރުގެ ޝެލްޓާ ހޯމެއްގައި ތިބި ގިނަ އަދަދެއްގެ އަންހެނުންތަކެއް ރޭޕްކުރުމާއި ޖިންސީ ފުރައްސާރައިގެ އެތައް އަނިޔާއެއް ކުރި ހާދިސާގެ މައްޗަށެވެ.

ދެހާސް އަށާރަވަނަ އަހަރު ރިޕޯޓުކުރެވިގެންދިޔަ އެ ހާދިސާގެ ފުރަގަހުގައި ވަނީ އިންޑިއާގެ ސީޔާސީ ނުފޫޒުގަދަ މީހެއްކަމަށް ހަބަރުތަކުގައި މީގެ ކުރިން ރިޕޯޓުކޮށްފައިވާއިރު އެ ހާދިސާގައި އެތަކެއް އަންހެނުންނެއް ގަދަކަމުން ރޭޕްކޮށް އެކި ކަހަލަ އަނިޔާ ދީފައި ވާކަމަށްވެސް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ޝާހްރުކް އެ ފިލްމު ހަދަން ނިންމި އިރު އެ ކޭސް ވަނީ ސުޕްރީމްކޯޓާއި ހަމައިން އިންސާފު ނުލިބި ހުއްޓިފައެވެ.

ހަބަރުތައް ލިބޭ ގޮތުގައި އެ ފިލްމު ޑައިރެކްޓް ކުރަނީ ޕުލްކިތެވެ. އޭނާއަކީ 2016 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "މެރޫން"ގެވެސް ފްރޮޑިއުސަރެވެ.

މި މަހުގެ ހަވަނަ ދުވަހު ނެރުނު "ކާމިޔާބު"އަށް ފަހު ޝާހް ކުރިޔަށް ގެނެސްދޭން އުޅޭ ވަރުގަދަ ފިލްމުގެ ކާސްޓުން ފައިނަލްކުރަމުން އަންނަކަމަށް ހަބަރުތައް ބުނާއިރު ޖުލައި މަހުގެ ތެރޭގައި އެ ފިލްމުގެ ޝޫޓިން ފެށުމަށް ފިލްމުގެ ޓީމުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް