އާވީއިން ނެގި ސާމްޕަލް ނެގެޓިވް، ރިސޯޓު އަލުން ހުޅުވައިފި

އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓު-- ފޮޓޯ/އާވީ

އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓު (ދ. ދޫރެސް)އިން ކޮވިޑް19 އަށް ޓެސްޓުކުރި ސާމްޕަލް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އާވީގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިގެން އެ ރިސޯޓު ބަންދުކުރީ މިދިޔަ އާދީއްތާ ދުވަހުގައެވެ.

އެޗްޕީއޭއިން ބުނީ އެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވުމާއެކު އެ ރިސޯޓު މޮނިޓަރިންގެ ހާލަތުން މިހާރު ނަގާފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ އިޓަލީގެ 9 މީހަކާއި ތުރުކީ މީހަކާއި ދެކުނު އެފްރިކާ މީހަކާއި ޖަރުމަނު މީހަކާއި އިނގިރޭސި މީހެކެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ތިބީ 23 މީހުންނެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓެލް ގައި މިވަގުތު 15 މީހަކު އެބަތިއްބެވެ.

comment ކޮމެންޓް