ކުޑަކުދިންގެ ހިޔާގެ ސީއީއޯ އަކަށް މުއުމިނާ

ކުޑަކުދިންގެ ހިޔާގެ ސީއީއޯ އަކަށް އައްޔަންކުރި މުއުމިނާ އާދަމް --

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މުއުމިނާ އާދަމް، ގ.ހާފްސީ އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މުއުމިނާ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ.

މުއުމިނާ އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު"ގެ މެންބަރުކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މީޑިއާ އާއި ކުޅިވަރުގެ ދާއިރާގައި ދިގުމުއްދަތެއްގައި ހިދުމަތްކުރައްވާފައެވެ.

މުއުމިނާ އާދަމް ވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2014 ވަނަ އަހަރު އަދި ރެހެންދި އެވޯޑު 2019 ވަނަ އަހަރު ހާސިލު ކުރައްވާފައެވެ.

comment ކޮމެންޓް