ސަންޖޭއާއި ނަރްގިސްގެ އައު ފިލްމު އަންނަ އޮކްޓޯބަރަށް!

ސަންޖޭ ދަތު...

ކާމިޔާބު އެކްޓަރު ސަންޖޭ ދަތާއި ޒުވާން ބަތަލާ ނަރްގިސް ފަޚްރީ ލީޑު ރޯލު ކުޅެފައިވާ ފިލްމު "ތޯރްބާޒް" އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

އެ ފިލްމަކީ ގިރިޝް މާލިކް ޑައިރެކްޓްކުރާ ފިލްމެކެވެ.

އޮކްޓޯބަރު މަހުގައި ފިލްމު އަޅުވަން ނިންމި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ފިލްމުގެ ޕްރޮޑިއުސަރު ރާހުލް މިތުރާ މީޑިއާތަކަށް ބުނެފައިވަނީ ކޮރޯނާވައިރަސްގެ ސަބަބުން ގިނަ ފިލްމުތަކެއް އެޅުވުން ލަސްކޮށްފައިވާ ކަމަށާއި މި ވައިރަސްއަށް ވާގޮތެއް ބެލުމަށްފަހު ފިލްމު ރިލީޒްކުރާނެ ތާރީހެއް އަންގާނެ ކަމަށެވެ.

ނަރްގިސް ފަޚްރީ...

"ތޯރްބާޒް"ގެ މުހިންމު އަދި ބޮޑު ބައެއް ޝޫޓް ކޮށްފައިވަނީ ކިރްގިސްތާންގައެވެ.

ސަންޖޭއާއި ނަރްގިސްގެ އިތުރުން އެ ފިލްމުން ދެން ފެންނާނީ ޕްރާންސް ޗޯޕްޅާއާއި ރާހުލް ދޭވާ ފަދަ ތަރިންނެވެ.

comment ކޮމެންޓް