މާލޭގެ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފި

11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން: މުޅިއެކު 25 ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރު މާލޭގެ ހުރި އެންމެ އުސް އިމާރާތް--ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލެ ސިޓީގެ ޓޫރިސްޓު ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ބިދޭސީ ފަތުރުވެރިން މިރޭ 12 އިން ފެށިގެން ޗެކްއިންވުން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިރޭ 12 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކްއިންކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

އެ އަމުރަކީ، އާންމު ސިއްހަތުގެ ގާނޫނޫގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން އެޅުމަށް ނިންމި ފިޔަވަޅެއްކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

އެ އެންގުމުގައި އިތުރަށް މިހާރު އެފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި މީހުން، އެމީހުންގެ ބުކްއިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

އަންމު ސިއްހަތާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކުރުމާއެކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެެވެ. ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖެއަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކު ވަނީ ވަރުގަދަ ފިޔަވަޅުތައްކެއް އަޅާފައެވެ. އެގޮތުން ޕާކްތައް ބަންދުކުރުމާއި، ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތަކުން އެކްސްކާޝަންއަށް މާލެއަށް ޓޫރިސްޓުން ގެނައުން 14 ދުވަހަށް ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން މިއަދު ވަނީ، ކޮލެޖް/ޔުނިވާސިޓީތައްވެސް 14 ދުވަހަށް ބަންދުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 10 ބިދޭސީންނެވެ. މިއަދު ސަރުކާރުން ވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ސްޕެއިން އިން މީހުން އައުން މަނާކޮށްފައެވެ. އަދި ޖަރުމަނާއި ފްރާންސްގެ ބައެއް ސަރައްހަދުތަކުންވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ. އެ ތިން ގައުމާއެކު، ހަ ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް