ވައިރަހުން ރައްކާތެރިވާން ލެގޯ ސެނިޓައިޒާ ޑިސްޕެންސަރެއް

ލެގޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރޮބޮޓިކް ސެނިޓައިޒާ ޑިސްޕެންސަރެއް ---- ފޮޓޯ : އެމްއެސްއެން

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އިން ރައްކާތެރިވުމަށް، ޓައިވާންގެ ކޯސުން ސިޓީގެ އެލިމެންޓްރީ ސްކޫލުގެ ދަރިވަރުންތަކެއް، ލެގޯ ބޭނުންކޮށްގެން އޮޓޮމެޓިކް ސެޓިނައިޒާ ޑިސްޕެންސަރެއް ތައްޔާރުކޮށްފި އެވެ.

އުމުރުން ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންތަކެއް ވަނީ ސެނިޓައިޒާ ބޭނުންކުރުމަށް ރަނގަޅު ގޮތެއް ހޯދުމަށް ރޮބޯޓު ބޭނުންކޮށްގެން އޮޓޮމެޓިކް ޑިސްޕެންސަރެއް ތައްޔާރުކޮށްފަ އެވެ. އެ ޑިސްޕެންސަރު އުފެއްދުމުގައި ސްކޫލުގެ ބައެއް މުދައްރިސުން އެހީތެރިކަން ފޯރުކޮށްދިނެވެ.

ސްޕްރޭ ޑިސްއިންފެކްޓެންޓް ފުޅި ބޭނުންކުރާ އެ ޑިސްޕެންސަރުގައި އަލްޓްރާސޮނިކް ސެންސަރު ބޭނުންކުރެ އެވެ. އެ ސެންސަރާ ކައިރިއަށް އަތެއް ގެންދިޔުމުން ހާއްސަ މެޖެސެއް އަޑު އިވޭނެ އެވެ. ދަރިވަރުން ރެކޯޑުކޮށްފައިވާ މެސެޖުގައި ބުނަނީ "ވޮޝިން ހޭންޑްސް އިޒް ސުޕަ" އެވެ.

ޓައިވަނީސްގެ އެ އެލިމެންޓްރީ ސްކޫލުގައި ރޮބޮޓިކްސް ދަރިވަރުންނަށް ކިޔަވައިދެ އެވެ. އެހެންކަމުން ދަރިވަރުންނަށް އެފަދަ މޮޅެތި ޑިވައިސްތައް އުފައްދަން ފަސޭހަ އެވެ.

ޖަޕާނުގައި 2011 ވަނަ އަހަރު ހިނގި ފުކުޝީީމާ ނިއުކްލިއާ ހަމަލާއަށް ފަހު ޓައިވާން އެލިމެންޓްރީ ސްކޫލު ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ރޮބޮޓިކްސްގެ ބޭސިކްތައް ދަސްކޮށްދެ އެވެ.

comment ކޮމެންޓް