ނިއުމާގެ "ކަޅަކި"ގެ ޓިޒާއެއް!

ފިލްމުގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދާއި އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ކުންފުނި ނިއުޒޯ ފިލްމްސްއިން ގެނެސްދޭ ފިލްމު "ކަޅަކި" ގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ.

މިއަހަރުތެރޭ ސިނަމާތަކުގައި އެޅުވުމަށް އަމާޒު ހިފާފައިވާ އެ ފިލްމަކީ ލަންކާގައި ޝޫޓްކޮށް ނިންމާލި ފިލްމެކެވެ. ފިލްމުގެ ޓީޒާއިން ބިރުވެރި މަންޒަރުތަކެއް ފެނިގެންދިޔައިރު މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.

އެ ފިލްމަކީ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން އާ ތަރިން ކަމަށްވާ ލަހޫ އާއި ވާޝިޔާ ހިމެނެ އެވެ.

މި ފިލްމަކީ ނިއުމާ ސްކްރީނުން ފެނިގެންދިޔަ އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅި"އަށް ފަހު އޭނާގެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

comment ކޮމެންޓް