ގާލްގައިޑްގެ އަހަރީ ޖަލްސާ ފަސްޓް ލޭޑީ ޝަރަފްވެރިކޮށްދެއްވައިފި

ފަސްޓް ލޭޑީ ފަޒްނާ---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ، ޗީފް ގައިޑް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މިއަދު ހަވީރު އިއްޒުއްދީން ސްކޫލުގައި ބޭއްވި އެ ޖަލްސާގައި އެ އެސޯސިއޭޝަނުގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން އޮތެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން އިއްވާ ވަނީ ފާސްވެސްކޮށްފަ އެވެ.

މިއަދު ބޭއްވި އާންމު ޖަލްސާގައި، ރައީސްގެ އަނބިކަނބަލުން ވަނީ ގާލް ގައިޑް ލީޑަރުންނާއި އެގްޒެކެޓިވް ކޮމެޓީއަށް ވޮރަންޓް އަދި ގާލް ގައިޑް އެސޯސިއޭޝަންގެ ކޮމެޓީ މެންބަރުންނަށް ސެޓްފިކެޓާ ހަވާލުކޮށްދެއްވައިފަ އެވެ.

ހަމަ އެ ޖަލްސާގައި މާފުށީ ސްކޫލު ގައިޑް ލީޑަރުންނަށް ހަނދާނީ ފިލާވެސް ހަވާލުކޮށްދެއްވި އެވެ.

އަންހެން ދަރިވަރުންނަށް ސްކައުޓް ހަރަކާތްތައް ހިންގުމަށް އުފެއްދި، ގާލްގައިޑް އެސޯސިއޭޝަންގައި ރާއްޖޭގެ 63 ސްކޫލަކުން 10،000 އަށް ވުރެ ގިނަ އަންހެން ދަރިވަރުން ބައިވެރިވެ އެވެ.

comment ކޮމެންޓް