ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑނެޓް --- ފޮޓޯ/ އެމްވީ ކްރައިސިސް

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިއަދު ހަވީދު 4:45 ގައެވެ.

ފުލުހުން ބުނީ، އެކްސިޑެންޓު ހިނގީ ހުޅުމާލޭގައި ރީތިގަސް މަގާއި އަސުރުމާ ހިނގުން ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ކަމަށެވެ. އަނިޔާވެފައި ވަނީ، 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އޭނާ އަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

"މި އެކްސިޑެންޓުގައި ސައިކަލު ދުވަން އިން 49 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން، އެ މީހާއަށް ސީރިޔަސް އަނިޔާއެއް ނުވޭ،" ފުލުހުން ބުންނެވެ.

އެކްސިޑެންޓުވި ދެ އުޅަނދު ދުއްވަން ތިބި ދެމީހުންގެ އަތުގައިވެސް ލައިސެން އޮންނަ ކަމަށް ފުލުހުން ބުންޏެވެ. މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ބޮނެޓް ނެޓި ސައިކަލު ވަނީ ދުރައް ވިއްސައިގެން ގޮސްފައެވެ.

މިއަހަރު މިހާތަނަށް ފުލުހުންގެ މުއައްސަސާއަށް އެކްސިޑެންޓުގެ 323 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 139 މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް