އެލައިޑް އެޕްގައި ރަޖިސްޓްރީކޮށްގެން ބައިލައްކަ ރުފިޔާގެ ހޯމް ކޮންޓެންޓް ވައުޗަރެއް!

މޯލްޑިވްސް ލިވިން އެކްސްޕޯގައި އެލައިޑް އިންޝުއަރެންސްގެ ސްޓޭންޑް-- ފޮޓޯ/ އެލައިޑް

އެލައިޑް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން އަޅައި، އެއަށް ރަޖިސްޓްރީކޮށްގެން ބައިލައްކަ ރުފިޔާގެ އިންޝުއަރެންސް ވައުޗާއެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަނަކީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގައި އެލައިޑުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އެލައިޑްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ފަސް ނަސީބުވެރި ފަރާތެއް ހޮވާނެ ކަމަށެވެ.

"އެކްސްޕޯގައި އެލައިޑްގެ ސްޓޭންޑުން މި އެޕްލިކޭޝަންގެ ކިއުއާރު ކޯޑު ސްކޭން ކޮށްލެވޭނެ. އެޕްލިކޭޝަން އިންސްޓޯލްކޮށްފައި ރަޖިސްޓްރީ ކުރާ ބޭފުޅުންގެ މެދުގައި ލަކީޑްރޯ ނަގާނީ." އޮފިޝަލު ވިދާޅުވި އެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯގައި އެލައިޑް އިންޝުއަރެންސްގެ ސްޓޭންޑް-- ސަން ފޮޓޯ

މި ވައުޗާ އޮންލައިންކޮށް ވެސް ރެޑީމް ކޮށްލެވޭނެ އެވެ. އެގޮތުން އިންޝުއަރެންސް ކުރަން ބޭނުންވާ ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ ފޮޓޯއެއް، އެއާ އެކު އެޕްލިކޭޝަނުން ފޮނުވާލެވޭނެ އެވެ.

އެލައިޑްގެ ހޯމް ކޮންޓެންޓް އިންޝުއަރެންސްގެ ދަށުން ވައްކަމާއި ކާރިސާތަކުން ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭނެ އެވެ.

އެޕްލިކޭޝަނަށް ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯ އޮންނާނީ ކޮންމެ ދުވަހަކު ވެސް މޯލްޑިވްސް ލިވިން އެކްސްޕޯ ނިންމާލާ ވަގުތުގަ އެވެ.

މި މަހުގެ 27، 28 އަދި 29 ވަނަ ދުވަހު ދަރުބާރުގޭގައި ކުރިއަށްގެންދާ ލިވިން އެކްސްޕޯ ހުޅުވާ ގަޑިތަކަކީ މެންދުރު 2:00 - ހަވީރު 6:00 އަދި ރޭގަނޑު 8:00 - 11:00 އަށެވެ.

މިއަހަރުގެ އެކްސްޕޯގައި ޖުމުލަ 40 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް