ގއ. ގެމަނަފުށީގައި އަލަށް ތަރައްގީކުރާ ފެނަކައިގައި އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ އެމްޑީ އަހްމަދު ސައީދު މުހައްމަދުއާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދު އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_15826166596296nt.jpg)
ގެމަނަފުށީގައި އަޅާ ފެނަކައިގެ އާ އޮފީސް އިމާރާތުގެ ބިންގާ އެޅުން-- ފޮޓޯ/ފެނަކަ
ޖޫން މަހުގެ 30 ވަނަ ދުވަހަށް ނިންމާ ގޮތަށް ފެށި މި މަސައްކަތުގެ އަގަކީ 1.9 މިލިއަން ރުފިޔާ އެވެ.
އިއްޔެ ފެނަކައިގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
ގެމަނަފުށީގައި އަލަށް ހަދާ ފެނަކައިގެ އޮފީސް އިމާރާތުގައި އޮފީސް އޭރިއާއާއި ރިސެޕްޝަނެއްގެ އިތުރުން މީޓިން ރޫމަކާއި ސްޓޯރަކާއި ރެސްޓިން ރޫމަކާއި ސައި ކޮޓަރިއެއް ހުންނާނެ އެވެ.
އެ އިމާރާތުގެ ބޮޑުމިނަކީ 158.26 އަކަމީޓަރެވެ.