Ooredoo
Ooredoo

ބައި-އިލެކްޝަނާ ގުޅިގެން މިލަދޫ ފެނަކައިން ބަޔަކު ސަސްޕެންޑުކުރި ކަމަށް ބުނެ އެމްޑީޕީގެ ތުހުމަތުތަކެއް

އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން: ބައި-އިލެކްޝަނާ ގުޅިގެން މިލަދޫ ފެނަކައިން ބަޔަކު ސަސްޕެންޑުކުރި ކަމަށް ބުނެ އެމްޑީޕީން ވަނީ ތުހުމަތުތަކެއް ކޮށްފައި -- ސަން ފޮޓޯ/ އަމަން ލަތީފް

އިއްޔެ ނ. މިލަދޫގައި ބޭއްވި ބައި-އިލެކްޝަނުން އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބީ ލިބުމުން، އެ ރަށުގައި ހުންނަ، ދައުލަތުގެ ކުންފުނި ފެނަކައިގެ ބްރާންޗުގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ޕާޓީން މިރޭ ތުހުމަތު ކޮށްފިއެވެ.

ADK GENERAl

އިއްޔެ ދެ ރަށެއްގެ ކައުންސިލަރުންނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވިއިރު އޭގެ ތެރޭގައި މިލަދޫގެ އަންހެނުންގެ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ވެސް އިންތިޚާބެއް ބޭއްވިއެވެ.

އެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީން މަރްޔަމް ނަޝްވާ ވާދަކުރިއިރު، އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު އަޒުމާ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އެ ނަތީޖާއާ ގުޅިގެން، މިލަދޫގެ ފެނަކަ ކޯޕަރޭޝަން ބްރާންޗުގައި މަސައްކަތް ކުރަމުންދާ އެ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

"އެގޮތުން ބައެއް މުވައްޒަފުން ވަނީ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެ އެ ތަހުގީގުގައި އިތުރަށް ކަންކަން ބަލަން ޖެހޭތީ 14 ދުވަހަށް ސަސްޕެންޑުކޮށްފައެވެ." އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ތުހުމަތުކޮށްފައިވާ ގޮތުގައި އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވަނީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ.

އެ މައްސަލަ ކުށްވެރިކޮށް އެމްޑީޕީންވަނީ، ސަރުކާރަށް ތާއީދު ނުކުރުމަކީ އެ މީހަކު އަދާ ކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ބުނެފައެވެ.

"އިންތިޚާބުތަކުގައި ވާދަކުރުމާއި ވޯޓުލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް އެ މީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުމަކީ މި ސަރުކާރުގެ ވަރަށް ފިނޑި އަމަލެކެވެ." ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރީ ސަރުކާރުން އެ އިންތިޚާބަށް ނުފޫޒު ފޯރުވަމުން ދަނިކޮށް ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރިއެވެ.

އެމްޑީޕީންވަނީ، ވަޒީފާގެ ބިރު ދައްކައި، އިދިކޮޅު ޚިޔާލުތަކުގެ އަޑު ކަނޑުވައިކުލަށް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް ގޮވާލައިފައެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް މިހާތަނަށް ލިބިފައިނުވެއެވެ.

ފެނަކައަކީ މީގެ ކުރިން ވެސް އިންތިޚާބުތަކާ ގުޅުވައި ވަޒީފާއިން މީހުން ކެނޑުމާއި އިތުރަށް މުވައްޒަފުން ނެގުމުގެ ތުހުމަތުތައް އަމާޒުވެފައިވާ ކުންފުންޏެވެ. އޭގެ އިތުރުން ވެސް ކޮރަޕްޝަނުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުންފުންޏާ ގުޅުންހުރި މައްސަލަތަކެއް ބަލަމުންދެއެވެ.

އިއްޔެ ބޭއްވި ބައި-އިލެކްޝަންތަކުން އަށް ރަށުގެ އިންތިޚާބު ކާމިޔާބު ކުރީ ސަރުކާރުންނެވެ. އަދި ދެ ދާއިރާއެއް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ދެ ދާއިރާއެއްގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.

Redstar
comment ކޮމެންޓް

comment މުލޭ

2 month 1 week ago

އެމްޑީޕީއިން ތިޔަކަހަލަ ވާހަކަ ދެއްކީމަ ބޮޑު ޖޯކަކަށްވަނީ. ވަރަށް ބޮޑަށް ހިނި ވެސް އާދޭ.

comment ަައަލީބުނީ

2 month 1 week ago

ޢެންމެ 2 ގޮނޑި ލިބުމުންވެސް ޝުކުރު ކުރާކައް ނޭގުނު. ޢެމްޑީޕީ އަބަދުވެސް އުޅޭނީ ފިތުނަފަސާދަ އުފައްދަން. މީގައުމުގެ ހަލާކު. ސައިޒް ފެނި އަމިއްލަޔައް ކޮސްގޮވޭހިސާބައް ކަންކަންގޮސް ގޮތް ހުސްވީ. ފުޑޭކައް ނެތް ފުޑިއްޖެ.

comment ކަނީސާ

2 month 1 week ago

ކޮންމެ ނާކާމިޔާބަކާ ގުޅިގެން އަބަދުވެސް އިދިކޮޅުގަ އޮންނަޕާރޓީ ތިޔަފާޑުގެ ތުހުމަތު ތައް ސަރުކާރުގެ ބޮލުގަ އަޅުވާނެ. އާކަމެއް ނޫން. ޢެކަމަކު ތިކަމުގައިވެސް އެމްޑީޕީ އުޅޭނީ އެންމެ ކުރީގަ. ނާކާމިޔާބު ގަބޫލު ކުރެވޭ ބައެއްނޫން. 2018ގަ ރިޔާސީ އިންތިޚާބު މުއިއްޒުއަށް ކާމިޔާބުވީމަ މުއިއްޒު ހުވާކުރުމާއެކު އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ތެޅިފޮޅިގަތީ.

comment ނުކިޔަވާ މިހާ

2 month 1 week ago

ތުހުމަތު ކޮށްކޮށް ތިބެބަލަ!!!! ކިއްވާނީ!!!!