ޓޫރިޒަމަށް މި އަންނަ ހީނަރުކަމުން އަރައިގަނެވޭނެ: މިނިސްޓަރު

ފެބްރުއަރީ 23، 2020: ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ 30ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަަޓީ) ގެ 30 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އަލީވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހިސާބަށް އައިސްފައިވަނީ، ރާއްޖޭގައި ފަތުރުވެރިކަން ކުރިނާރާނެ ކަމަށް ބުނަމުންދަނިކޮށް ސިނާއަތުގައި އިންވެސްޓުކުރި އިންވެސްޓަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ފެބްރުއަރީ 23، 2020: ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ 30ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތިޔަބޭފުޅުންގެ މަސައްކަތުން، އިނޮވޭޝަންތަކުގެ ސަބަބުން މިއަދު ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު މަންޒިލެއް،" އަލީވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދާ ހުރިހާ ތަނެއްގެ ސޭފްޓީ އަދި ސެކިޔުރިޓީ އޮޑިޓެއް މިދިޔަ އަހަރު ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިމޭޖު ހިފަހައްޓައި، ފަތުރުވެރިންނަށް ދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް މިފަދަ އޮޑިޓުތައް ގަވައިދުން ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔެ ދަނީ ކުރިއަރަމުން ސްޓޭންޑާޑްތައް ދަނީ މަތިވަމުން. އެންމެ މުހިއްމު އިސްކަމެއް ދޭނެ ކަމަކީ ދޭ ހިދުމަތުގެ ފެންވަރު މަތިކޮށް ކޮލެޓީ ހިފެހެއްޓުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމާ ގުޅުންހުރި ގަވައިދުތައް އިސްލާހުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ހޮޓެލް ބްރޭންޑުތަކުން ރާއްޖޭގައި އިންވެސްޓުކޮށްފި ކަމަށާއި މިހާރު ރާއްޖެއަކީ އެންމެ ސުޕްރީމް އެއް ޑެސްޓިނޭޝަން ކަމަށެވެ.

ޓޫރިޒަމް އިން ރެގޮޔުލޭޓަރީ ބޮޑީއެއްގެ ހައިސިއްޔަތުން ޓޫރިޒަމް މިނިސްޓްރީ އިން އަބަދުވެސް ހިތްވަރުދެނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން ތަރައްގީކުރާއިރު، އިކޯ ފްރެންޑްލީ އެޕްރޯޗު ބޭނުން ކުރުމަށް ކަމަށާއި ރިސޯޓު ތަރައްގީ ކުރުމުގެ ނަމުގައި ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފެބްރުއަރީ 23، 2020: ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ 30ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގްތިސޯދާއި ޓޫރިޒަމް ގުޅިފައިވާ މިންވަރު ހާމަ ކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ 25 ޕަސެންޓަކީ ޓޫރިޒަމް އިން ސީދާ ގޮތުން ލިބޭ އާމްދަނީ ކަމަށާއި އެ ދާއިރާއިން ނުސީދާކޮށް 75 ޕަސެންޓު ރާއްޖޭގެ އިގްތިސާދުގައި ހިއްސާވާ ކަމަށެވެ.

"މި ދާއިރާގެ ލީޑަރުންނަށް ޕައިނިއާސް އަށް ސާބަސް ދެން،" ޓޫރިޒަމް ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ 2018 ނޮވެމްބަރުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 23 ރިސޯޓެއް އަލަށް ހުޅުވާފައިވާ ކަމަށާއި މިއަހަރުގެ ނިޔަލަށް އިތުރު 13 ރިސޯޓު ހުޅުވޭނެ ކަމަށެވެ.

comment ކޮމެންޓް