މި ސަރުކާރުން ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް 'އޮޅިގެން' އައްޔަން ކުރެވުނު މުއްނިމް އަނީސް އަނެއްކާ ވެސް ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފިއެވެ.
މުއްނިމް އަލުން އެ މަގާމަށް އައްޔަންކުރުމުން މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ އެކްސް ގައި މަރުހަބާ ދަންނަވާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުއްނިމް ކުރިން އައްޔަންކުރުމަށްފަހު ތިން ދުވަސް ތެރޭ އޭނާ ވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ.
ރައީސް ޑރ.މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެ، ދެ ބޭފުޅަކު މިނިސްޓަރުކަމަށް އައްޔަންކޮށް ކުއްލިގޮތަކަށް މަގާމުން ވަކިކޮށްފައެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަކިކުރީ، މަގާމު ދެވިފައިވަނީ އޮޅިގެން ކަމަށާއި، އެކަން ތަކުރާރު ނުވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.