ކޮވިޑް 19 އާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވާނެ: ސަފީރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޗައިނާގެ ސަފީރު ޖާން ލިޖޮން ބައްދަލުކުރެއްވުން -- ފޮޓޯ/ ރައްޔިތުންގެ މަޖިިލިސް

ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ވައިރަސްއާ ދެކޮޅަށް ދެގައުމުން ކުރާ ހަނގުރާމައާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޗައިނާގެ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޮންގް ވިދާޅުވީ ރާއްޖެއާއި ޗައިނާއަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރާ ލާމަސީލް މިސާލަކަށްވެ ގުޅުން ބަދަހިވެފައިވާ ކަަމަށެވެ.

ޗައިނާއަށް މިހާރު ދިމާވެފައިވާ ނާޒުކު ދަނޑިވަޅު އެގައުމާއެކު ރާއްޖެއިން ސާބިތުކަމާއެކު އޮތްކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފއެވެ.

އޭގެެން އެނގެނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި ދެގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި އެހީތެރިކަން ކަމަަށް އޭނާ ވިދާޅުވިއެވެ.

" ކޮވިޑް 19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރާއްޖެއާއި ޗައިނާގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ. އަދި މިބަލީ ފެތުރުން ހުއްޓި ހަމަައަކަށް އެޅުމުން ދެގައުމުގެ ދެމެދުގައި މީހުން ދަތުުރުފަތުރުކުރެވޭނެ ގޮތްވެ ދެގައުމު ގުޅިގެން ހިންގާ މަޝްރޫއުތަަކަށް ކުރާ އަސަރު ކުޑަކުރުމަށް ރާއްޖެއިން މަަސައްކަތްކުރާނެ ކަަމަށް އުއްމީދުކުރަން" ސަފީރު ވިދާޅުވިއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއާ ޗައިނާއިން ކުރަމުން ގެންދިޔަ ފްލައިޓްތައް ވަނީ ހުއްޓާލައިފައެވެ. އަދި ޗައިނާގެ ރައްޔިތުންނަށް މިހާރު ރާއްޖެއަށް އެތެރެއެް ނުވެވެއެވެ.

ސަފީރު ވިދާޅުވީ ދަތުތުފަތުރުގެ ހިދުމަތް މެދުކަނޑާލައިފައިވާތި ބަައެއް މަޝްރޫއުތަަކަށް ރަނގަޅު ޗައިނާ މީހުން ލިބުން ދަތިވެފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ޓޫރިސްޓް ގްރޫޕްތައް ހުއްޓުވައި ހެލްތު ސެޓްފިކެޓްއާއި އަދި ފިނިހޫނުމިން ބަލައިފައިނޫނީ އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ދަތުރުކުރުން މިހާރު ހުއްޓުވާފައިވާ ކަމަށެވެ.

ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާފެ ވުހާން ސިޓީއިންނެވެެ. ޗައިނބާ ސަރުކާރުން މިހާރު ވަނި އެ ސަރަަހައްދަށް 32،000 މެޑިކަލް ސްޓާފުން ފޮނުވައިފައެވެ.

ސަފީރު ވިދާޅުވީ މިހާރު ފެތުރެމުންދާ ވަބާއަކީ ވަގުތީ ކަމެއް ކަަމށް އުއްމިދުކުރައްވާ ކަމަށެވެ. އަދި ޗައިނާއިން ގެންގުޅޭ އިގްތިސާދީ ތަސައްވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ


ކޮވިޑް 19 ފެތުރުން ހުއްޓުވުން ކޮންޓްރޯލްކުރަށް އިތުރަށް މަސައްކަތްކުރާނެ ކަަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

" ވަބާއާ ގުޅިގެން އިގްތިސާދީ ގޮތުން ލިބޭ ގެއްލުންކުޑަރަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ. އަދި އިގްތިސާދީގޮތުން ހާސިލްކުރަން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރާނެ" އޭނާ ވިދާޅުވއިެވެ.

ވަބާއާ ގުޅިގެން ޗައިނާގެ ވަރަށް ގިނަ ޕްރޮވިންސްތަކާއި މުނިސިޕަލިޓީތަކުން ވަނީ ޓެކްސް އާއި ކުލި ކުޑަކޮށް ލޯންތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފއެވެ.

ވަބާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް ކާމިޔާބު ކަމަށާއި އަދި ބަލި އެންމެ ބޮޑަށް ފެތުރުނު ވުހާންއިން ބަލި އެހެން ސިޓީތަކަށް ފެތުރުން ހުއްޓިފަިއވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

" އިއްޔެވެސް 16،000 މީހުން ވަނީ ރަނގަޅުވެގެން ހޮސްޕިޓަލްއިން ދޫކޮށްލާފައި. ބަލިޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ އެންމެ 2.8 ޕަސެންޓް މީހުން. އެފަދަ އެހެން ބަލިތަކާ އަޅާބަލާއިރު މަރުވާ ރޭޓް ދަށް. ކުރިން ފެތުރުން އެޗްވަންއެންގައި އެމެރިކާއން 17.4 ޕަސެންޓް މީހުން މަރުވި" ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް