ދެފެންދޭތެރެއަށް އަޑިއަށް ގޮސްފައިވާ ފައިބަރު ބޯޓެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ހއ. އަލިދޫގެ އިރުއުތުރު ފަރާތުން ދެފެންދޭތެރެއަށް އަޑިއަށް ގޮސްފައިވާ ފައިބަރު ބޯޓެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފް އިން އަންގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އޮޔާދަނީ 37 ފޫޓުގެ ފައިބަރު ބޯޓެއް ކަމަށެވެ.

އެ ބޯޓު އޮޔާގެންދަނީ ހއ. ދިއްދޫ އާއި ހއ. ވަށަފަރާ ދޭތެރެއަށް ހުޅަނގު އުތުރަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެހެންކަމުން އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް