ރާނީގެ "މަރްދާނީ 2" އެމެޒޯން ޕްރައިމްއިން ބަލައިލެވޭނެ

މަރްދާނީ 2 ގައި ރާނީ---

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ރާނީ މުކަރްޖީގެ ކާމިޔާބު ފިލްމު "މަރްދާނީ"ގެ ސީކުއެލް "މަރްދާނީ 2" އެމެޒޯޯން ޕްރައިމްއިން ސްޓްރީމްކުރަން ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި އެ ފިލްމަށް ބޮކްސް އޮފީހުގައިވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ސިނަމާތަކުގައި ފިލްމު ބެލުމުގެ ފުރުސަތު ނުލިބުނު މީހުން އަވަހަށް އެމެޒޯން ޕްރައިމް ވީޑިއޯ އިން އެ ފިލްމު ބަލައިލަންވީ އެވެ.

މަރްދާނީ 2ގައި ރާނީ އަދާކުރާނީ ފުލުހުންގެ ސުޕައިންޓެންޑެންޓް ރޯލެވެ. މަރްދާނީގައި ރާނީ ފެނިގެން ދިޔައީ ކުޑަކުދިންގެ ވަގުވިޔަފާރި އާއި ޑްރަގާ ދެކޮޅަށް މަސައްކަތް ކުރާ ސީނިއާ އިންސްޕެކްޓަރު ޝިވާނީ ޝިވާޖީގެ ރޯލުންނެވެ.

"މަރްދާނީ 2" ޑައިރެކްޓު ކުރީ "މަރްދާނީ"ގެ ވާހަކަ ލިޔުނު ގޯޕީ ޕުތުރަން އެވެ. މިއީ ގޯޕީގެ ފުރަތަމަ ޑައިރެކްޝަނެވެެ. "މަރްދާނީ 2" ވެސް ޕްރޮޑިއުސް ކުރީ ފުރަތަމަ ފިލްމު ވެސް ޕްރޮޑިއުސް ކުރި އަދިއްތުޔަ ޗޯޕްރާ އެވެ.

comment ކޮމެންޓް