އުތުރާއި މެދުރާއްޖެއަށް މިއަދު އުދައަރާފާނެ

އއ. ރަސްދޫއަށް އުދައަރާފައި--- ފޮޓޯ: ފުލުހުން

މިއަދުގެ ވަގުތެއްގައި އުތުރާއި މެދުރާއްޖެތެރޭ ސަރަހައްދުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ބުނެފައިވަނީ އުތުރާއި މެދުރާއްޖެ ސަރަހައްދު ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓެއް ނެރެފައެވެ.

މެޓް އޮފީހުން އެ ވައިޓް އެލާޓް ނެރެފައިވަނީ 1300 އިން 1700 އަށެވެ.

ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ ކުރިއަށް އޮތް ދެ ދުވަހުވެސް އުދަ އަރާފާނެ ކަމަށް ވާނީ މެޓް އޮފީހުން ލަފާކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެ ބައެއް ސަރަހައްދުތަކަށް ދަނީ އުދަ އަރަމުންނެވެ. އެގޮތުން ނ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެއާއި ރޭގައި ވަނީ އުދަ އަރައި އެކި ވަރުގެ ގެއްލުން ލިބިފައެވެ.

comment ކޮމެންޓް