ނ. މާފަރު ސިއްހީ މަރުކަޒު ފަޅާލައި ތިޖޫރީގައި ހުރި ފައިސާކޮޅު ލޫޓުވާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަރު ސިއްހީ މަރުކަޒު ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް ބުނެ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:30 އެހައިކަންހާއިރު ކަމަށެވެ.
ސިއްހީ މަރުކަޒު ފަޅާލައި ތިޖޫރީގައި ހުރި 7000 ވަރަކަށް ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަތޮޅުތެރޭގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އޮފީހުގައި ހުންނަ ތިޖޫރީ ފަޅާލައި އޭގައި ހުންނަ ފައިސާ ލޫޓުވުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.