އިންޑޯމީގެ މުޅިން އާ ފްލޭވާއެއް ރާއްޖެއަށް

އިންޑޯމީގެ އާ ފްލޭވާ ތައާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

އިންޑޮނޭޝިއާގެ މަޝްހޫރު އިންސްޓަންޓް ނޫޑްލްސް ކުންފުނި ކަމަށްވާ "އިންޑޯމީ" ބްރޭންޑުގެ "ހޮޓް އެންޑް ސްޕައިސީ" ފްލޭވާ ނޫޑްލްސް، ލިލީ އިންޓަނޭޝަނަލް އިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މިއަދު އަގޯރާ މާޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ ނޫޑްލްސް ތައާރަފުކޮށް އާންމުންނަށް އޭގެ ރަހަ ދައްކާލާފައިވެއެވެ.

ލިލީއިން ބުނެފައިވަނީ މިއަދު ތައާރަފުކޮށްފައިވާ ނޫޑްލްސް އަކީ ދިވެހީންނާ ވަރަށް ގުޅޭނެ ކުޅިރަހަ އެކުލެވިގެންވާ ނޫޑްލްސް އެއް ކަމަށެވެ.

ޔޫރަޕާއި އޭޝިއާގައި އެންމެ މަޝްހޫރު އެއް ބްރޭންޑު ކަމަށްވާ އިންޑޯމީގެ ތަފާތު ފްލޭވާ ރާއްޖެއިން މިހާރުވެސް ލިބެއެވެ. އޭގެތެރޭގައި ޗިކަން ކަރީ ފްލޭވާ ހިމެނެއެވެ.

އިންޑޯމީގެ އާ ފްލޭވާ ތައާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ލިލީއިން ބުނީ އިންޑޯމީގެ ހޮޓް އެންޑް ސްޕައިސީ ފްލޭވާ މިހާރުވެސް މާލޭގެ ބޮޑެތި ފިހާރަތަކުން ލިބޭނެ ކަމަށެވެ. ހޮޓް އެންޑް ސްޕައިސީގެ އިތުރުން އެހެން ފްލޭވާތައްވެސް ފިހާރަތަކުން ލިބޭނެ ކަމަށްވެސް ލިލީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް