އިމާދުއްދީންގެ ޕްރިންސިޕަލް އެންއައިއީއަށް، ޑެޕިއުޓީން އެހެން ސްކޫލްތަކަށް

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާތިރު: އޭނާ މިހާރު ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކޮށްފައި -- ފޮޓޯ/ އިމާދުއްދީން ސްކޫލް

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޕްރިންސިޕަލްގެ މަގާމަށް ބަދަލުކޮށްފިއެެވެ.

އޭގެ އިތުރުން އިމާދުއްދީނުގައި ތިއްބެވި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ޝަކީބާ އަލީ އަދި ލަތީފާ ހަސަން ތާޖުއްދީން ސްކޫލަށާއި ހިރިޔާ ސްކޫލަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ދެ މީހުންގެ ބަދަލުގައި ތާޖުއްދީނާއި ހިރިޔާގައި ތިއްބަވާ ޑެޕިއުޓީ ޕްރިންސިޕަލުން އިމާދުއްދީނަށް ބަދަލުކުރާނެއެވެ.

ޕްރިންސިޕަލް އިބްރާހިމް ޝާތިރު އެންއައިއީއަށް ބަދަލުކުރި އިރު، އޭނާއާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް، މިދިޔަ އޮކްޓޫބަރު މަހު އެ ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި ޝާތިރު ހަމަޖެއްސީ މިދިޔަ ޖުލައި މަހު، އޭރު އެ މަގާމުގައި ހުންނެވި އަހުމަދު މުޖާހިދު، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

މިދިޔަ ހަފްތާގައި އެޑިއުކޭޝަންގެ ޓީމެއް އެ ސްކޫލަށް ގޮސް، ސްކޫކުގެ މެނޭޖްމަންޓާއި ޓިޗަރުންނާ ބައްދަލުކޮށް ސާވޭ ފޯމެއް ވަނީ ފުރުވައިފައެވެ. ޕްރިންސިޕަލާއި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ވަކިކުރަން ނިންމާފައި ވަނީ އެއަށްފަހުއެވެ.

comment ކޮމެންޓް