ނޭދެވޭގޮތުގައި ކަރަންޓް ބޭނުންކުރާ މީހާއަށް ސަބްސިޑީ ލިބޭވަރު ބޮޑު: މިނިސްޓަރު

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަަސަން(މ)--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ނޭދެވޭގޮތުގައި ކަރަންޓް ބޭނުންކުރާ މީހާއަށް ސަބްސިޑީ ލިބޭވަރު ބޮޑުކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަަސަން ވިދާޅުވެއްޖެ އެެވެ.

ރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓް އިފްތިތާހްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެން މިހާރު ހަކަތަ ބޭނުންކުރަން ޖެހޭ ގޮތް އިގްތިސޯދުކޮށް އެކަން ކުރެވެނީ އެންމެ ރަނގަޅަށްތޯ ބަލަން ޖެހޭ ކަމަށެެވެ.

މާލެއަށް މިހާރު 65 މެގަވޯޓް ކަރަންޓް ބޭޭނުންވާއިރު އަަހަރަކު 11 ޕަސެެންޓް އެއަދަދު ދަނީ އިތުރުވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މިއީ ނިމުމެއް ނެތް ކަމެއް ކަމަށާއި އެކަމާ މާލޭގެ އާބާދީ އިތުރުވުމަކާ ކުޑަކޮށްވެސް ގުޅުމެއް ނެތް ކަަމަށެެވެ.

އެކަމުގެ ފަހަތުގައި އެހެން ސަބަބުތައް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ގެދޮރު ބިނާކުރން ގޮތުން އެއްގޮތަކަށްވެސް ވައި ނުވަންނަ ކަމަށާއި އެހެންކަމުން ލާރި ހުރި ކޮންމެ މީހަކު ބަލަނީ އަގުހެޔޮކޮށް އޭސީއެއްގަނެލައިގެން ހޫނުން ސަލާމަތްވުމަަށް ކަމަށެެވެ.

" މިހާރު ކަރަންޓް ސަބްސިޑީ ލިބޭގޮތަށް ބަލާކަމަށްވިއްޔާ އެންމެ ނޭދެވޭގޮތުގައި ކަރަންޓް ބޭނުންކުރާ މީހާއަށް ސަބްސިޑީލިބޭވަރު ބޮޑު. އެކަން ބަލާލައިގެން އެކަން ކުރާ މީހާޔަށްވުރެ. މިދެންނެވީ އޭނާގެ ކަރަންޓް ބިލް 4000 ރުފިޔާއަށް އަރާމީހާއަށް ލިބޭ ކަރަންޓް ސަބްސިޑީ ބޮޑޭ އޭނާގެ ބިލަށް 500 ރުފިޔާ އަރައިގެން ކަރަންޓްބިލް ދައްކާމީހާޔަށްވުރެ." މިނިސްޓަރު ވިދާޅުވިއެެވެ.

ކަރަންޓް ސަބްސިޑީއަށް އަނެއްކާވެސް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ ޖެހިޖެހިގެން ހުންނަ ފަންގިފިލާތަކުގައި އެއްވަރަކަށް ސްޕޭސް ހުންނަ ތަންތަނުގައި މީހުން ދިރިއުޅޭއިރުވެސް އެކަކުގެ ބިލް 4000 ރުފިޔާއަށް އަނެކަކުގެ ބިލް 500 ރުފިޔާއަށް އަރައިގެން އުޅޭތަން ފެންނަ ކަމަށެވެ. އެހެންކަމުން އެކަމުގައި ކޮންމެވެސް މައްސަަލައެއް އުޅޭކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

" ގޭންބޭރަށްދާއިރު އޭނާ ފަންކާއެއް ނިއްވައެއް ނުލާ. ހަމަ ދަނީ އެހެންވަނީ އޭނާ އަތުން ކުރާ ހަރަަދެއް ނޫން. އޭނާއަތުން ކުޑަކުޑައެއްޗެއްތާ. އޭނާއަށް ސަބްސިޑީ އެބަލިބޭތާ އަގުހެޔުކޮށް. މިއީ މިކަންވާންވާނެ ގޮތް ނޫންކަން މިސަރުކާރަށް އެނގޭ." މިނިސްޓަރު ވިދާޅުވިއެވެެ.

comment ކޮމެންޓް