ރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓް އިފްތިތާހްކޮށްފި

ރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓް އިފްތިތާހްކޮށްފި އެެވެ.

ބައިއެނިއަލް ރިޕޯޓްއަކީ ރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީ)ގެ ދަށުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހުށަހަޅަން ޖެހޭ ރިޕޯޓެކެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ރިޕޯޓް އިފްތިތާހްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

މިއީ ރާއްޖެއިން ހުށަހެޅި ފުރަތަމަ ރިޕޯޓް އެެވެ. އެ ރިޕޯޓްގައި ރާއްޖެއިން ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރާއި އެ މިންވަރު މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ހިންގާފައިވާ ޕްރޮޖެކްޓްތަކާއި، އެކަމަށް ހިނގި ހަރަދާއި އަދި އެފަދަ މަސައްކަތްތައް ހިންގުމަށްޓަކައި ހުރި ދަތިތަކާއި ގޮންޖެހުންތަކަށް ރިޕޯޓްގައި އަލިއަޅުވާލައިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަރަށް ބޮޑަށް ކުރިއަރާ ތަރައްގީގެ ގިނަ އަދަދެއްގެ ލަނޑުދަނޑިތަކެއް ހާސިލްކޮށް ހާލަތު ބަދަލުކޮށްފައިވާ ކަމަށެެވެ.

އެއާއެކު މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އަސަރު އަޅުގަނޑުމެން އިހްސާސްކުރާ މިންވަރު އިތުރުވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެެވެ. ހަަމައެހެންމެ އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައްވެސް އިންތިހާއަށް އިތުރުކުރަން މަޖުބޫރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެެވެ.

comment ކޮމެންޓް