މާލޭގެ ޝޫޓިންއަށްފަހު ''ނީނާ''ގެ ޓީމު ލ. އަތޮޅަށް

ފިލްމު ނީނާގެ ކާސްޓް އަދި ކްރޫއިން ލ. އަތޮޅު ކައްދޫ އެއާޕޯޓުގައި --- ފޮޓޯ : އިލްޔާސް ވަހީދު

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ މާލޭގެ ޝޫޓިން ނިންމާލުމަށްފަހު ޓީމު މިއަދު ލ. އަތޮޅަށް ގޮސްފިއެވެ.

ނީނާ ފިލްމުގެ ކާސްޓު އަދި ކްރޫއިން ކައްދޫ އެއާޕޯޓަށް ފޭބުމާއެކު ލ. އަތޮޅުން ޓީމަށް ވަނީ އާންމުން މަރުހަބާ ކިޔާފައެވެ.

މިއަދު ޓީމު ލ. އަތޮޅަށް ދިޔައިރު ފިލްމުގެ ޝޫޓިން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިއްލެ ބުނެފައިވަނީ ނީނާ ފިލްމުގައި ހިމެނޭ މާލޭގެ ބައި ޝޫޓިންގެ މަސައްކަަތް އިއްޔެ ވަނީ ނިންމާލާފައި ކަމަށެވެ.

ނީނާ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބާއި ޝަރަފް އަބްދުﷲ އާއި ޖުމައްޔިލް ނިމާލް އެވެ. އެ ތިން ފަންނާނުންވެސް ވަނީ މިއަދު ލ. އަތޮޅަށް ގޮސްފައެވެ. އެކްޓަރުންގެ އިތުރުން އިއްލެ އާއި ވިޝާން (ކަނޑި) އަދި ރުތުބާ އަހުމަދު ވެސް އެ ޓީމުގައި ހިމެނެއެވެ.

ނީނާ ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގައެވެ.

މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ހިމެނެނީ ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

comment ކޮމެންޓް