"ބުރައްމަސްތުރާ" އޮތީ ޑިސެމްބަރުގައި

ފިލްމުގެ ލީޑު ތަރިން---

މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ބުރަހްމަސްތުރާ" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.

ރިލީޒްނުކުރެވި ދިގުލައިގެން ދިޔަ އެ ފިލްމު ރިލީޒްކުރާނެ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ. ކުރިން މި ފިލްމު މިދިޔަ އަހަރަށް ގެނެސްދޭން ނިންމި ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރެވެ. "ބުރައްމަސްތުރާ" ވާނީ އެ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލްގޭރިއާގައި ވެސް ވަނީ ނަގާފައެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރިންނެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމު ވެސް މެއެވެ. "ބުރައްމަސްތުރާ" އަކީ ފެންޓަސީ، އެޑްވެންޗާ ފިލްމެކެވެ.

ފިލްމު އެކި ބައިބަޔަށް ބަހާލައިގެން ގެނެސްދޭއިރު މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް