ހާލުގައި ޖެހުނު ލަންކާ މަސްބޯޓު ހުޅުމާލެއަށް ވައްދައިފި

ހާލުގައި ޖެހުނު ލަންކާ މަސްބޯޓު --

މި މަހުގެ 23 ވަނަ ދުވަހު އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ސްރީލަންކާގެ މަސް ބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މިއަދު ހެނދުނު ހުޅުމާލެއަށް ވައްދައިފިއެވެ.

ހަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ބޯޓު ހުޅުމާލެއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 6:10 ހާއިރު ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މާލޭގެ އިރުން 199 ނޯޓިކަލްމޭލް ބޭރުން ބޭރު މަސް ބޯޓެއް އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މި މަހުގެ 23 ވަނަ ދުވަހު ހަވީރު 17:00 ހާއިރުއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުން އެ ބޯޓު މޮނިޓާކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން އެމްއެންޑީއެފްގެ ނޫރައްދީން ލޯންޗު ދަތުރުކުރަން ފެށީ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް