ބާގީ 3އަށް ޖެކީ ޝްރޮފް

ޖެކީ އާއި ޓައިގާ ޝްރޮފް---

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާގީ 3" އަށް އޭނާގެ ބައްޕަ ޖެކީ ޝްރޮޕް ވެސް ސޮއިކޮށްފިއެވެ.

އުމުރުން 62، އަހަރުގެ ޖެކީ އެ ފިލްމަށް ސޮއިކޮށްފައިވާކަން ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ވަނީ ކަށަވަރުކޮށްދީފައެވެ. ޖެކީ ފިލްމުގައި ފެނިގެން ދާނީ ރަންވީރު (ރޯނީ) ޕްރަތާބް ސިންގް ކިޔާ ކެރެކްޓާއަކުންނެވެ.

"ޓައިގާ އާއެކު އޭނާގެ ބައްޕަ ފެނިގެންދާނެކަން އިއުލާންކުރުމާއެކު ހުރިހާ އެންމެންވެސް ތިބީ ވަރަށް އެކްސައިޓްވެފައި. ބައްޕައާއި ދަރިފުޅުގެ ކެމިސްޓްރީ ބަލައިލަން. ދެބަފައިން އެކުގައި ފިލްމަކުން އެ ފެނިގެންދަނީ ހައެއްކަ އަހަރު ފަހުން،" ސާޖިދު ބުނެފައިވެއެވެ.

އަންނަ މާޗު މަހުގެ ހަވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މި ފިލްމުގެ ފުރަތަމަ ބައިންވެސް ފެނިގެންދިޔަ ބަތަލާ ޝްރައްދާ ކަޕޫރެވެ. މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. ބާގީ 3 ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެއެވެ. އަދި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއްވެސް ހިމަނަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް