5،000 މީހުން އެކި ވަޒީފާތަކަށް ތަމްރީންކުރަން ސޮއިކޮށްފި

އެކި ވަޒީފާތަކަށް މީހުން ތަމްރީންކުރަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕޮލިޓެކްނިކް

މޯލްޑިވްސް ޕޮލިޓެކްނިކާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން 5،000 މީހުން އެކި ވަޒީފާތަަކަށަށް ތަމްރީންކުރަން ނިންމައިފި އެވެ.

މިއަދު ހެނދުނު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށް ފައެވެ.

އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ނީޒާ އިމާދާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު އެވެ. އަދި ޕޮލިޓެކްނިކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިޓެކްނެކްގެ ސީއީއޯ އަހުމަދު ނާސިރު އާއި އެކެޑެމިކް ޑިރެކްޓަރު ވަދީފާ ހުސައިންނެވެ.

އެ އެއްބަސްވުމުގެ ދަށުން ސެޓްފިކެޓް ލެވަލްގެ ކޯސްތަކާއި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގުމަށް ވަނީ ނިންމައިފި އެވެ.

އެގޮތުން އއ. އުކުޅަހުގައި ސެޓްފިކެޓް ތްރީއިން ގެސްޓު ހައުސް މެނޭޖްމަންޓް ކޯހަކާއި މ. މުލީގައި އިލެކްޓްރީޝަން ކޯހަކާއި ފުވައްމުލަކު ސިޓީގައި ސެޓްފިކެޓް ތްރީ އިިން ރެފްރިޖިރޭޝަން އެންޑް އެއާ ކޮންޑިޝަނިން އަދި ޅ. ހިންނަވަރުގައި އެޑްވާންސް ސެޓްފިކެޓް އިން ސިވިލް އިންޖިނިއަރިން ކޯހެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އެ ހުރިހާ ކޯސްތަކެއްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހިލެ އެވެ.

ޕޮލިޓެކްނިކްއިން މިހާރުވެސް ދަނީ މީހުން ބިނާކުރުމަށް ތަފާތު ކޯސްތައް ހިންގަމުންނެވެ.

comment ކޮމެންޓް