ނަފްސާނީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމަށް އާ ޖަމިއްޔާއެއް އުފައްދައިފި

ނަފްސާނީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމަށް އުފެއްދި "ކޮމާ" ޖަމިއްޔާ އިފްތިތާހްކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކޮމާ

ނަފްސާނީ ދުޅަހޮޔޮ ކަމަށް މަސައްކަތް ކުރުމަށް އާ ޖަމިއްޔާއެއް އުފައްދައިފި އެވެ.

"ކޮމާ"ގެ ނަމުގައި އުފެއްދި ޖަމިއްޔާ އިފްތިތާހްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ.

ކޮމާގެ ރައީސާ އާއިޝަތު ޝާއާ ޝަމީމް ވިދާޅުވީ އެ ޖަމިއްޔާއަކީ އެކި ފަރާތްތަކަށް ނަފްސާނީ ބަލިތަކާއި، ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން އެވިޑެންސް ބޭސްޑް ނޮލެޖް އަދި އެވެއަރނަސް ފޯރުކޮށްދިނުމުގެ ގޮތުން އުފެއްދި ޖަމިއްޔާއެއް ކަމަށެެވެ.

އެ ޖަމްޢިއްޔާ އިން މައިގަނޑުގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހަތަރު ކަމަކަށް މަސައްކަތްކުރާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އޭގެ ތެރޭގައި އެވެއަރނަސް، އެޑްވޮކަސީ، ސަޕޯޓް އަދި ރީސަރޗު ހިމެނެ އެވެ.

ކޮމާ ޖައިއްޔާ އިފްތިތާހްކުރި ޖަލްސާގައި އެ ޖަމިއްޔާއިން ކުރުމަށް ރާވާފައިވާ ކަންތައްތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި އެކި އުމުރުފުރައިގެ ފަރާތްތަކަށް ހާއްސަ ވޯކްޝޮޕްތަކެއް ކުރިޔަށް ގެންދިޔުމާއި، ސްޕެސިފިކް ސަޕޯޓްގްރޫޕް ސެޝަންތަކެއް ރާވާހިންގުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ބަލިތަކާ ބެހޭ ދިރާސާކުރުމާއި ޕޮލިސީލެވެލްތަކުގައި ސްޓޭކްހޯލްޑަރޒްއާއިއެކީ މަސައްކަތްކުރުން ހިމެނެ އެވެ.

ނަފްސާނީ ދުޅަހޮޔޮކަމަށް މަސައްކަތް ކުރުމަށް އުފެއްދި "ކޮމާ" ޖަމިއްޔާ އިފްތިތާހްކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކޮމާ

ކޮމާއިން ބުނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ފަރާތާއި ފަރުވާހޯދާ ފަރާތާ ދޭތެރޭ މިހާރު ވަރަށް ބޮޑު ހުސްކަމެއް އެބަހުރި ކަމަށާއި އަމާޒަކީ އެ ހުސްކަން ކުޑަކުރުން ކަމަށެވެ.

އެގޮތުން ބައްޔަށް ފަރުވާހޯދަމުން ދާއިރު ވެސް އެކަމަށް އެއްބާރުލުންލިބޭނެ ސްޓްރަކްޗަރސްތަކެއް މުޖުތަމައުގައި ބިނާކޮށް، މުޅި މުޖުތަމައުއަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި، ނަފްސާނީ ބަލިތައް މީހުން ބަލައިގަންނަ މުޖުތަމައުއަކަށް ހަދަން މަސައްކަތްކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

comment ކޮމެންޓް