ކުއްޖާގެ ބައްޕަ ފިލާ އޮތް ފުލެޓު ކައިރިއަށް އެއްވެ މުޒާހަރާ ކުރަނީ

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓްގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖެއް ރޭޕުކުރި މައްސަލައިގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ފިލާ އޮތް ހުޅުމާލޭ ފުލެޓު ކައިރިއަށް މީހުން އެއްވެއްޖެ އެވެ.

ކުއްޖާގެ ބައްޕަ ފިލާފައި އޮއްވާ ފެނުނީ ހުޅުމާލެ 108 ނަންބަރު ފުލެޓުގެ އެޕާޓްމަންޓެއްގަ އެވެ. އޭނާ އެތަނުގައި ފިލާފައި އޮތް ކަމުގެ މައުލޫމާތު ލީކުވެގެން ގިނަ އަދަދެއްގެ އާންމުން މިއަދު މެންދުރުން ފެށިގެން ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ.

އެ ސަރަހައްދުގައި ހުރި ކުޑަކުއްޖާގެ އާއިލާގެ މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ކުއްޖާގެ ބައްޕަ ހުޅުމާލެއަށް އައީ ކުއްޖާ ރޭޕުކުރި މައްސަލައިގައި ފުލުހުން އޭނާ ހޯދަން ފެށުމުން ފިލަންވެގެންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ބުނަނީ އޭނާ ހައްޔަރު ނުކުރެވިގެން އުޅެނީ އެކަމަށް ބޭނުންވާ ކޯޓު އަމުރެއް ނުލިބިގެން ކަމަށެވެ.

އޭނާ ހައްޔަރު ނުކޮށްގެން އާންމުން ހަމަނުޖެހުން ހިންގައި އެގޭގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލުމުން އެސްއޯ ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފަ އެވެ.

އޭގެ ފަހުން އެއްވެ ތިބި އާންމުން ވަނީ އެގޭ ބެލްކަނީގެ ދޮރު ވައްޓާލުމަށްފަހު އެގެއަށް ވަންނަން މަސައްކަތް ކޮށްފަ އެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުއްޖަކު ރޭޕުކުރި މައްސަލައެއް ފެންމަތިވެގެން އެ ކުއްޖާގެ ކާފައާއި މުނިކާފަ ވެސް މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އެރަށުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިސްތިއުފާއަށް ގޮވާލައި، މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ވެސް ވަނީ ބާއްވާފަ އެވެ.

އަދި އެ ކުއްޖާ ނިސްވަތްވާ އަތޮޅުގެ އެކި ރަށްތަކުގައި އަންނަނީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

comment ކޮމެންޓް