ޑާކްރެއިންގެ "ބަޅިނދު"ގެ ޝޫޓިން ފަށައިފި

ފިލްމުގެ ތަރިން ޕްރޮޑިއުސަރު މޮގާ އާއެކު--- ފޮޓޯ/ ޑާކްރެއިން

ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ބަޅިނދު"ގެ މަސައްކަތް ފަށައި ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

ބޮޑު ކާސްޓަކާއެކު ބަޅިނދުގެ ޝޫޓިން ފެށިއިރު މި ފިލްމުން ބޮސް އިން ފިލްމީ ދާއިރާއަށް ތައާރަފްވި މުހައްމަދު ޔުނާންވެސް ހަރަކާތްތެރިވާނެ އެވެ. މާލެ އަދި ހުޅުމާލޭގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމު "ބަޅިނދު" އަކީ ބިރުވެރި ފިލްމެކެވެ.

ފިލްމުން ފެނިގެންދާނެ ބައެއް ތަރިން--- ފޮޓޯ/ ޑާކްރެއިން

މި ފިލްމުގެ މަސައްކަތް ފެށިއިރު ޑާކްރެއިނުން އަންނަނީ މިއަހަރު އެ ޓީމުން ގެނެސްދޭ "ނޮވެމްބަރު" އެޅުވުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމު މި އަހަރުތެރޭ ވަނީ ގެނެސްދިނުމަށް ހަމަޖެހިފައެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ.

comment ކޮމެންޓް