ކްރިކެޓްގެ ފިލްމަކަށް އަނުޝްކާ ސޮއިކޮށްފި

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ---

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަނުޝްކާ ޝަރްމާ ސޮއިކޮށް ފިލްމުގެ މަސައްކަތް ފެށީ ކުރީގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ބައޮގްރަފިކަލް ޑްރާމާ އަށެވެ.

ފިލްމުގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައިނުވާއިރު އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ 2018 ވަނަ އަހަރު ނުކުތް ޝާހްރުކް ހާންގެ ޒީރޯ އިންނެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

އަނުޝްކާ ކްރިކެޓް ޖާޒީގައި ޖޫލަންއާ އެކު ކަލްކަތާގެ އީޑަންސް ގާޑަން ސްޓޭޑިއަމްގައި ތިބި ފޮޓޯތަކެއް ވެސް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ކްރިކެޓް ތަރި ޖޫލާންގެ ބަޔޮގްރަފިކަލް ޑްރާމާ ގެނެސްދެނީ ސޮނީ ޕިކްޗާޒް އިންޓަނެޝަނަލް ޕްރޮޑަކްޝަންސް އާއި ދުނާމިނިސް އެންޓަޓައިންމަންޓް ގުޅިގެންނެވެ.

އަނުޝްކާގެ ފިރިމީހާ ވިރާޓް ކޯލީ އަކީވެސް އިންޑިއާގެ ފިރިހެން ކްރިކެޓް ޓީމުގައި ފާހަގަކޮށްލެވޭ ތަރިއެވެ. ވިރާޓް އާއި އަނުޝްކާ ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

comment ކޮމެންޓް